މަސައްކަތް
ނަންބަރު: (IUL)302/302/2020/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 19 ޖަނަވަރީ 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދުއްފާރު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

01 ފެބުރުއަރީ 2020 ން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް، މިއިދާރާގެ ސެކިއުރެޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 ވީމާ، މިކަމަށް ސައުގުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިކުރާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީ އާއި ސިޓީ އެއް އަދި ބަދަލުގައި އަންނަ މީހާގެ އައި.ޑީ ކާޑް ކޮޕީ އެއް ހުށަހަޅަންވާނެ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖުމާދަލްއޫލާ 1441

06 ޖަނަވަރީ 2020