ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2020/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 12 ޖަނަވަރީ 2020 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފްކުރުން

2020  ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފްކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2020 ވަނައަހަރަށް ލިބޭ ފައިސާއިން، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝަޢުޤުވެރިވާ  ޢުމުރުން  18 އަހަރާ 65 އަހަރާއި ދެމެދުގެ އަންހެނުން " މިއިދާރާއިން ދޫކުރާ  2020 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފްކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2020 ޖަނަވަރީ  12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 01:30 އަށެވެ.  

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    10 ޖުމާދަލްއޫލާ 1441

05  ޖަނަވަރީ 2020

05 ޖަނަވަރީ 2020