ވަޒީފާގެ ފުރުޞަތު
ނަންބަރު: 353/2020/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި: 15 ޖަނަވަރީ 2020 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހެއް ބޭނުންވެއްޖެއެވެ.

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

ނަންބަރު: 1/2020/353

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-221671

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

މުސާރަ:

-/3100

ސަރވިސް އެލަވަންސް:

-/1000

 

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ސަޕޯޓިންގ ކޯ އެލަވަންސް ( މަހަކު -/1200 ރުފިޔާ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްއިދާރާގެ ކޮޓަރިތަކާއި ފެންޑާމަތި އަދި ސައިކޮޓަރިއާއި ސިޓިންގ ރޫމާ އީ ސެންޓަރު މަދުވެގެން ދުވާލަކު އެއްފަހަރު ފޮޅާސާފުކޮށް ތަރުތީބުކުރުމާއި، މަދުވެގެން ހަފްތާއަކު ދެފަހަރު މަކުނުވާ ފޮޅާ މޮޕްޖެހުން.
  2. ގޮނޑިމޭޒުތަކާއި ކައުންޓަރު އަދި ކުދި ދޮރުތަކާއި ކޮމްޕިއުޓަރ، ފޮޓޯކޮޕިއަރ، ޕްރިންޓަރ ފަދަ އިކްއިޕްމަންޓްތައް މަދުވެގެން ދުވާލަކު އެއްފަހަރު ހިރަފުސްފޮޅާ ސާފުކޮށް ތަރުތީބުކުރުން.
  3. ކައުންސިލް އިދާރާގެ ފާޚާހާތައް މަދުވެގެން ދުވާލަކު އެއްފަހަރު ރީތިކޮށް ދޮވެ ސާފުކުރުން.
  4. ފަންކާތަކާއި ސްވިޗް ބޯޑުތައް، އަދި އަލަމާރި ހަރުގަނޑު ފަދަތަކެއްޗާއި އެތަންތަނުގެ މަތީގައި ބަހައްޓާފައިހުންނަ ފައިލްތައް މަދުވެގެން ހަފްތާއެކު އެއްފަހަރު ހިރަފުސް ފޮޅާ ސާފުކޮށް ތަރުތީބުކުރުން އަދި ދޮރުތަކުގެ ބިއްލޫރިތައް މަދުވެގެން ދެދުވަހުން އެއްދުވަހު ފޮހެ ސާފުކުރުން
  5. ކައުންސިލް އިދާރާއިން އިންތިޒާމްކުރާގޮތެއްގެމަތިން ފިހާރަތަކުން ގެންނަންޖެހޭ ތަކެތި ގެނައުމާއި ލިސްޓަށްކިޔުމާއި އެކި ފަރާތްތަކަށް ރައްދުކުރުމަށް ޙަވާލުކުރާ ތަކެތި ރައްދުކުރުން.
  6. ކައުންސިލް އިދާރާގެ ގޯތިތެރޭގެ އެންމެހާ ސަރަޙައްދުތަކާއި އުތުރުފަރާތާއި ދެކުނުފަރާތާއި އިރުމަތީކޮޅުގެ މަގުތަކުގެ އެއްފަޅި(އޮފީހާކައިރިފަޅި) މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ ސާފުކޮށް ތަރުތީބުކޮށް ކުނިނައްތާލުން.
  7. ކައުންސިލް އިދާރާގެ ކުދިދޮރުތަކުގެ ދޮރުފޮއްޗާއި، ބެޑްޝީޓް،ބާލީހުއުރަ ފަދަ ތަކެއްޗާއި ތެލިތަށިސަމުސާ ފަދަ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  8. ގޯތިތެރޭގައި ބަގީޗާ ހައްދާ ފެހިކުރުމަށް މަސައްކަތް ކުރުން. މިގޮތުން ހައްދާބަގީޗާ ގަސްތަކަށް ދެއިރު ފެންދީ ބެލެހެއްޓުމާއި، ސްޕަވައިޒަރގެ މަޝްވަރާގެމަތިން އައު ބާވަތްތަކުގެ ގަސް އިންދާ ހެއްދުމަށް މަސައްކަތްކުރުން.
  9. ނޯޓިސް ބޯޑު ދިއްލާ ނިވުމާއި އޮފީސްކުރިމަތި ސާފުކޮށް ގަސްތަކަށް ފެންދިނުން.
  10. މަތީގައި ކަނޑައަޅާފައިވާ ކަންކަމުގެ އިތުރުން ވަޒީފާގެ ޙައިޞިއްޔަތުން ވެރިންނާއި މުވައްޒަފުން އަންގާ/ޙަވާލުކުރާ ކަންކަން ކުރުން، އަދި މަސައްކަތު 2 ވަނަ މީހަކަށް ނާދެވޭ ދުވަސްތަކުގައި ސްޕަވައިޒަރުގެ ލަފާގެމަތިން 2 މަސައްކަތުމީހުންގެ މަސައްކަތްތަކުގެތެރެއިން އިސްކަންދޭ ގޮތެއްގެމަތިން އިދާރާއަށް އެވަގުތަކު މުހިންމުވާ މަސައްކަތްތައް ކުރަންވާނެއެވެ.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު( މި ފޯމު، ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުންwww.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަނަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެމަތިން) ޖަހާފައިވާ ލިޔުން؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލްކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

(ށ) މަތީތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުތަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސްފުރިހަމަކުރިމަކުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެމަތިން) ޖަހާފައިވާ ލިޔުން؛
  2. ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް އެދޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެމަތިން) ޖަހާފައިވާ ލިޔުން؛
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެމަތިން) ޖަހާފައިވާ ލިޔުން؛

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާނީ ޖަމިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކޮށްފައިވާ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 16 ޖެނުއަރީ 2020 އާއި 30 ޖެނުއަރީ 2020 އާ ދެމެދު ދިގުރަށު ކައުންސިލް އިދާރާގައެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ގިނަވެން ރަސްމީ 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" ޢާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 668631 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruiment-usoolu) އިން ލިބެން ހުންނާނެއެވެ.

 

10 ޖުމާދަލްއޫލާ 1441

05 ޖެނުއަރީ 2020

 

                       ޢުޘްމާން ޢީސާ

                        ކައުންސިލްގެ ރައީސް

05 ޖަނަވަރީ 2020