ދިވެހިރާއްޖެ
އިޢުލާން ނަންބަރު:IUL)438-MCEP/438/2020/5)
ރ. މާކުރަތު އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް
ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-148349-CW-RFB
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ރ.މާކުރަތު އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 20 ޖަނަވަރީ 2020 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 20 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 5000.00 (ފަސް ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިޔުރިޓީއެއް ބީލަން ފޮތުގައިވާ ގޮތައް ހުށަހަޅަންވާނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތައް ބޭނުންވާ ޑޮކިޔުމަންޓް ތައް (ޓެކްނިކަލް ސްޕެސިފިކޭޝަން، ޑްރޯއިންގްސް، ބީ.އޯ.ކިއު އަދި ބިޑް ޑޮކިޔުމަންޓް) ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
https://drive.google.com/drive/folders/1wJYR5GVBIJiLezzwp0uJib5bGbX56WFn?usp=sharing
ނޯޓް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު / މާލެ، 20392 ދިވެހިރާއްޖެ.
ނަންބަރ: 3018451 960+
5 ޖަނަވަރީ 2020