ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2020/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 31 ޖަނަވަރީ 2020 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން.

އިޢްލާން

ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން.

ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާއެކު، ތިރީގައިވާ ހުއްދަތައް ދޫކުރުން ހުއްޓާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ
  • ސައިހޮޓާ ހިންގުމުގެ ހުއްދަ
  • ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ
  • ކެންޓީން ހިންގުމުގެ ހުއްދަ

      ވީމާ، 4 ޖެނުއަރީ 2020 އިން ފެށިގެން، އިސްވެ ދެންނެވުނު ހުއްދަތަކާގުޅޭ މަހު ފީ ބަލައިގަތުން މިމިނިސްޓްރީންނާއި ސިޓީ ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނާއި މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީން ހުއްޓާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށްފަހު، މިމިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ވާހަކަވެސް ދެންނެވީމެވެ.

މިއިޢްލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ ހޮޓްލައިން، 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

05 ޖަނަވަރީ 2020