ދިވެހިރާއްޖެ
`
ތ.އަތޮޅު ހޮސްޕިޓަލް ތ.ވޭމަންޑޫ، ދިވެހިރާއްޖެ |
ނަންބަރ: (IUL)TAH-D/TAH/2020/1
އިޢުލާން
މިހޮސްޕިޓަލްގެ ފާހާނަ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކުރެވުނު ނަންބަރު (IUL)TAH-D/TAH/2019/10 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށްފެންނާތީވެ، އެއިޢުލާނު ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 9.00 އިން 14.00 އާއި ދޭތެރޭ މިހޮސްޕިޓަލްގެ އޮފީސް ރިޝެޕްޝަން ގައި ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ލިބިވަޑައި ގަންނަވާނެއެވެ. އަދި 12 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހު ހެދުނު 09.30 ގައި ޕްރިބިޑް ސެޝަންއެއް މި ހޮސްޕިޓަލް ގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 09.00 ގައި މި ހޮސްޕިޓަލްގެ އޮފީސްބައިގައެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުުކުރައްވަން ބޭނުންފުޅުވެވަޑައި ގަންނަވާނަމަ 09 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10.00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި މިމަސައްކަތަށް އެދި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަަކަ ދެންނެވީމެވެ.
05 ޖެނުއަރީ 2020