މަސައްކަތް
ނަންބަރު: GS156/IUL/2020/001
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 09 ޖަނަވަރީ 2020 11:00
މަންދޫ ސްކޫލް، އދ. މަންދޫ
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

 

މަންދޫ ސްކޫލް

 

އދ.މަންދޫ

 ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ: GS156/IUL/2020/001

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޖެނުއަރީ 05 އިން 2020 ޖެނުއަރީ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ 06 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އދ.މަންދޫ ސްކޫލް އޮފީސް

ފޯން: 7949320

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް: [email protected]

 

10  ޖުމާދަލްއައްވަލު 1441

05 ޖެނުއަރީ    2020

05 ޖަނަވަރީ 2020