ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން ނަންބަރ: (IUL)MCIF/1/2020/01
މި ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓަރ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. |
މަޤާމް : ވައިސް ރެކްޓަރ ބޭނުންވާ އަދަދު : 1 (އެކެއް) |
މަޤާމުގެ މަސްޢޫލިއްޔަތުތައް: · އިންސްޓިޓުއުޓްގެ އެންމަހައި ކަންކަން އިސްކޮށް ރާވައި ހިންގުން؛ · އިންސްޓިޓުއުޓްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އާއި އެއްގޮތަށް ކޯސްތައް ރާވައި ކަރިކިއުލަމް ތައްޔާރުކުރުމާއި، ކޯސްތައް ސުޕަވައިޒް ކުރުން؛ · އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަޢުލީމާއި ތަރައްޤީގެ ފުރުޞަތުތައް ހޯދުމާއި އިންސްޓިޓުއުޓްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން؛ · އިންސްޓިޓުއުޓް އިން ހިންގައި ކޯސްތަކާއި އަދި ޕްރޮގްރާމްތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛ · ބޭރުގެ ފަރާތާއި ގުޅިގެން ބޭއްވޭ ކޯސްތައް ކޯޑިނޭޓްކޮށް ހިންގުން؛ · އިންސްޓިޓުއުޓް އިން ކުރިޔަށްގެންދާ ދިރާސާތަކާއި ޝާއިޢުކުރާ ފޮތްތައް ޝާއިޢުކުރުމުގެ ކަންތައް ކޯޑިނޭޓްކުރުން؛
|
މަޤާމުގެ ޝަރުތު: · ފައިނޭންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު އެޑިއުކޭޝަން ދާއިރާއިން މަދުވެގެން 05 (ފަސް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ · ތަމްރީން ޕްރޮގްރާމްތައް ތަރައްޤީކޮށް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛ |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.) 2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ . 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. |
އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު: |
12 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހަށަހަޅަން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ[email protected] އަށް ފޮނުވުމަށް އެދެމެވެ. |
ކުންފުނީގެ އެޑްރެސް:
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް
ހ. ހުޅުގަލި، 4ވަނަ ފަންގިފިލާ، ކަރަންކާމަގު
މާލެ، ދިވެހިރާއްޖެ
ފޯން :3008300 960
އީމެއިލް: [email protected]
ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.