މަސައްކަތް
ނަންބަރު: (IUL)GS-68-FN/GS-68/2020/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 08 ޖަނަވަރީ 2020 13:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމުގައި މުށިޖެހުމުގެ މަސައްކަތް ކޯށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                    މި ސްކޫލުގެ 3 ކުލާސްރޫމުގައި މުށިޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                    ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 8 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޖަނަވަރީ 12 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                    ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                    އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

05 ޖަނަވަރީ 2020