ދިވެހިރާއްޖެ
ތާރީހް: 31 ޑިސެމްބަރ 2019 ނަންބަރު:IUL)MAI-109/MAI/2019/93)
ވަޒީފާގެ ފުރުޞަތު
ނޯޓް: މިމަދަރުސާއިން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް ކުރެވުނު ޢިއުލާން (ޢިއުލާން ނަންބަރ: IUL)MAI-109/MAI/2019/76)) ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ލިބިފައިނުވާތީ ވަނީ ބާޠިލްކޮށްފައެވެ.
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-309766
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް.އެސް 2
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން: އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
މުސާރަ: -/6295
ސަރވިސް އެލަވަންސް: -/2000
އެހެނިހެން އެލަވަންސް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ހުސް މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް އިޢްލާން ކުރުމުގެ ހުއްދައަށް އެދުން
2. ހުއްދަ ލިބުމުން މަޤާމްތަކަށް އިޢްލާން ކުރުން
3. ވަޒީފާ ޢިއުލާނު ކުރުމަށް ފަހު މުއްދަތު ހަމަވުމުން ޝޯޓްލިސްޓްކުރުން
4. އިންޓަރވިޔު ޕެނަލް އެކުލަވާލުމާއި، އިންޓަރވިއު ކުރިއަށް ގެންދިއުން
5. ގެޒެޓްކުރަން ޖެހޭ މަސައްކަތް / ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހުރިތޯ ޗެކުކޮށް އިޢުލާނު ލިޔެ ގެޒެޓްކުރުން
6. އިންޓަރވިއު ކުރުމަށް ފަހު އޭ ޓޫ ފޯމް ފުރިހަމަކޮށް ވިޔުގަރއަށް އަޕްލޯޑްކުރުން
7. ޕުރޮމޯޝަން ދޭންޖެހޭ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތްކުރުން
8. މުސާރަ ޝީޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތް (ގަޑި ލާރި ޝީޓް، ލޯނު ޝީޓް، އެބްޒެންޓް ޝީޓް، ފެރީ އެލަވަންސް ޝީޓް، ރިސްކް އެލަވަންސް ޝީޓް)
9. އެސް.އޭ.ޕީގައި މުވައްޒަފުންގެ މަޢުލޫމާތު އަޕްޑޭޓް ކުރުން.
10. އެޗް.އާރު.އެމް.ޑީ ކޮމެޓީގެ ޔައުމިއްޔާ ތައްޔާރުކުރުން.
11. އެކަޑަމިކް އެފެއަރޒްގެ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުތުތައް:
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
ތަޢުލީމީ ރޮނގުތައް:
- ބިޒިނަސް އެޑްމިނިސްޓްރޭޝަން
- ބިޒިނަސް މެނޭޖްމެންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ؛
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ؛
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހު 13.45 ގެ ކުރިން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 13 ޖަނަވަރީ 2020 އާއި 30 ޖަނަވަރީ 2020 އާއި ދެމެދުގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީހްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.
އިތުރު މައުލޫމާތު ހޯދުން:
މި އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323627 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
05 ޖުމާދަލްއޫލާ 1441