ދިވެހިރާއްޖެ
| 
 އިޢުލާނު 
  | 
||
| 
 އެސިސްޓެންޓް ޑިރެކްޓަރ  | 
 މަޤާމް:  | 
|
| 
 J-320775  | 
 މަޤާމުގެ ނަންބަރު:  | 
|
| 
 01  | 
 ބޭނުންވާ އަދަދު:  | 
|
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
|
| 
 އެމް. އެސް. 3  | 
 މަޤާމުގެ ރޭންކް:  | 
|
| 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
|
| 
 ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ، ތ. ގުރައިދޫ  | 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
|
| 
 7,035.00 ރުފިޔާ  | 
 މުސާރަ:  | 
|
| 
 2000.00 ރުފިޔާ  | 
 ސަރވިސް އެލެވަންސް:  | 
|
| 
 1 . ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މި މަޤާމަށް ޓެކްނިކަލް ކޯ އެލަވަންސް ދެވޭ ތަޢުލީމީ ރޮނގުތަކަކީ؛ އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު، އާބަން ސްޓަޑީޒް އެވެ.) 2 . ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ (މި އެލަވަންސް ދެވޭނީ "ޓެކްނިކަލް ކޯ އެލަވަންސް" ދިނުމަށް ކަނޑައަޅާފައިވާ ޝަރުޠުހަމަނުވާ ނަމައެވެ.) 3 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ 4 . ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 5 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން ބޭސްފަރުވާގެ ޚިދްމަތް 
  | 
 އެހެނިހެން އެލަވަންސް:  | 
|
| 
 1- ކައުންސިލް އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް ހިންގުމުގައި ބޭނުންވާ ފަންނީ ލަފާދީ އަދި މި ޔުނިޓްގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން 2- ބިން ބިމާއި ގޯތި ގެދޮރާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން (ޕަބްލިކް ވަރކްސް ސައިޓާއި ގުޅިގެން) 3- ޓްރާންސްޕޯރޓާއި ގުޅިގެން ކައުންސިލުން ދޭ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުން. 4- ރަށްވެހިންގެ ރަޖިސްޓްރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން. 5- ވިޔަފާރި ހުއްދަތައް ދޫކުރުމުގައި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުން. 6- ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓް އަދި ޕްލޭނިންގ މަސައްކަތްތައް ކުރުމުގައި ފަންނީ ލަފާދީ، މި މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން. 7- ރަށުން ބިން ކުއްޔަށް ދޫކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުމާ ރަށުގެ ބިން ދޫކުރެވެނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށްތޯބަލައި އެއާ އެއްގޮތަށް ބިން ދޫކުރުމާއި، ކުއްޔަށް ދޫކުރެވޭ އެންމެހާ ބިންތަކުގެ ކަންތައްތައް ބެލެހެއްޓުން. 8- ރުއް، ލަކުޑި ރަށުގައި އިންދުމަށް ރައްޔިތުންނަށް އެންގުމާއި ޤަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ބެލެހެއްޓުން. 9- ރަށުގައިބޭއްވޭ ކުޅިވަރުތަކާއި މުބާރާތްތައް ހިންގައި ޒުވާނުންގެމެދުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރުން. 10- އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
|
| 
 1 . މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އާބަން ސްޓަޑީޒް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ (މުނިސިޕަލް ސާވިސަސް، ޕްރޮޖެކްޓް މެނޭޖުމަންޓު، އިކޮނޮމިކް ޑިވެލޮޕްމަންޓް) ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2 . މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އާބަން ސްޓަޑީޒް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.  | 
 މަޤާމުގެ ޝަރުޠު:  | 
|
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
|
| 
 - ތަޢުލީމާއި ތަމްރީން %35 - އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) %5 - މަސައްކަތުގެ ތަޖުރިބާ - ލިބިފައިވާ ހުނަރު (އިންޓަވިއު/އިމްތިހާން/ޕްރެޒެންޓޭޝަން) %45 - ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55 
  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 
 
  | 
|
| 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 
  | 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
|
| 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
 ޝޯޓް ލިސްޓްކުރުން:  | 
|
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޖަނަވަރީ 14 އާއި 2020 ޖަނަވަރީ 16 އާ ދެމެދު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ ގައެވެ. 
 
 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
 އިންޓަވިއު / އިމްތިޙާން / ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' އާންމުކުރުން: 
  | 
|
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780715، 9871747 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
 
  | 
|