ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 ޑިސެންބަރު 2019 19:52 ގައި ބާތިލް ކުރެވިފައެވެ.
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް،ދިވެހިރާއްޖެ
ނަންބަރ: I)(I)HR/MHC/2019/23)
އިޢުލާން
ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.
މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
| މަގާމު: | ސީނިއަރ ރެޖިސްޓަރޑް ނަރސް | ||
| މަޤާމުގެ ނަންބަރ: | J-297757 | ||
| ބޭނުންވާ އަދަދު: | 01 ( އެކެއް) | ||
| މަޤާމުގެ ގިންތި: | ދާއިމީ | ||
| މަޤާމުގެ ރޭންކް: | CS10-1 | ||
| މަޤާމުގެ ކްލެސިފިކޭޝަން: | ނަރސިންގ ޕްރޮފެޝަނަލްސް | ||
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފުވައްމުލަކު ހޮސްޕިޓަލް | ||
| މުސާރަ: | މަހަކު 9670.00 ރުފިޔާ | ||
| ސަރވިސް އެލަވަންސް: | މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ | ||
| އެހެނިހެން އެލަވަންސް: | 
 | ||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | - އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ދިނުން - ހޮސްޕިޓަލަށް ވިހަންއަންނަ މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުމާއި ނާރސިންގ ސާރވިސްއަށް ބޭނުންވާ އެހެން ކަންތައްތަކުގައި އެހީތެރިވެދިނުން - މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓްފަދަ ތަކެތި ސްޕަވައިޒަރގެ މަޝްވަރާގެ މަތިން ކަމާބެހޭ ސެކްޝަނަކާއި ގުޅިގެން ޙައްލުކޮށް، ނާރސިންގ ސާރވިސް އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން - ކޮންމެ ޑިއުޓީއެއް ފެށުމާއެކު އިންވެންޓްރީ ނަގައި އިމަޖެންސީ ރޫމަށް ބޭނުންވާތަކެތި ހަމަޔަށް ހުރިތޯބަލައި، މަދުވާތަކެތި ސްޕަވައިޒަރގެ ލަފާ މަތީން، ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދައި ހަމަކުރުން - އިމަޖެންސީ ކެއަރ ދިނުމަށް ބޭނުންވާ އެންމެހައި ކަންތައް ކުރުން - ނާރސިން ސާރވިސްއަށް ބޭނުންވާ ތަކެތި، ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދާ ހަމަކުރުން - އައި.ސީ. ޔޫ، ވޯޑް، ލޭބަރ ރޫމް، އެން.އައި.ސީ.ޔޫ ފަދަ ނަރުހުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުންނަށް ޖެހޭ މިންގަނޑަށް ސާފުތާހިރުކަން ހިފެހެއްޓިފައިވޭތޯ ބަލައި ހައިޖީން އެންޑް އިންފެކްޝަން ކޮންޓުރޯލް ޔުނިޓުގެ އިންޗާޖުއާއި ގުޅިގެން ސާފުތާހިރުކަން ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުން. އަދި މި މާހައުލުތަކަކީ ހުރިހާ މާނައެއްގައި ވެސް ހަމަހިމޭން މާހައުލުތަކެއް ކަމުގައި ހެދުން. | ||
| މަޤާމުގެ ޝަރުތުތައް: | މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖެގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލް 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަރުޖިބާ ލިބިފައިވުން. | ||
| ގުޅޭ ވަޒީފާގެ ދާއިރާތައް | ނަރސިންގ | ||
| 
 
 | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގައި ރެޖިސްޓަރކޮށްފައިވާ މުއްދަތު ހަމަނުވާ ރެޖިސްޓްރީ އާއި ލައިސަންސް. 9. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް | ||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 * ނޯޓް: މަގާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުންލިބުނު ޕްއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. * ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުން (www.health.gov.mv) ލިބެން ހުންނާނެއެވެ. | ||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމް ފުވައްމުލަކު ހޮސްޕިޓަލް އޮފީސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖެނަވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ، ފުވައްމުލަކު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ ad[email protected] އެވެ. އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | ||
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު | މި މަޤާމަށް ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ޖެނުއަރީ 2020 އާއި 23 ޖެނަވަރީ 2020 އާ ދެމެދު ، ފުވައްމުލަކު ހޮސްޕިޓަލްގެ މީޓިންގ ރޫމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | ||
| ޝޯޓް ލިސްޓްކުރުން: | މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ އިތުރު ވާނަމަ އެންމެ މަތިން މާކްސް ލިބޭ 10ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. | ||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން: 
 | އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. | ||
| މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ ad[email protected]އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. | |||
05 ޖުމާދުލްއޫލާ 1441ހ.
31 ޑިސެންބަރ 2019މ.