މަސައްކަތް
ނަންބަރު: GS33/IUL/2019/25
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 06 ޖަނަވަރީ 2020 14:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

1.     މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް އެކަށީގެންވާ އަދަދަކަށްބީލަން ހުށަހަޅާފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2.     މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2019 ޑިސެމްބަރު 31 އިން 2020 ޖެނުއަރީ06 އަށް ބަންދުނޫން ކޮންމެ ދުވަހަކު  8:30 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3.     މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖެނުއަރީ 07 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4.     މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 08  ވާ ބުދަ ދުވަހުގެ 13:00 ގައިމިސްކޫލްގައެވެ.

 

5.     ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 13  ވާ ހޯމަ ދުވަހުގެ 13:00ގައި މިސްކޫލްގައެވެ.

 

6.     މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

7.     މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

8.     އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބ. އަތޮޅު މަދަރުސާ

ކުޑޭ މަގު، ބ. ދަރަވަންދޫ

ފޯން:6600034 / 9100727

އީ-މެއިލް: [email protected]

 

                                05 ޖުމާދަލް އައުލާ 1441

 

31 ޑިސެންބަރު 2019