ދެންނެވުން
ނަންބަރު: IL-KPL/2019/004
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:27
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ބަނދަރުގެ ރަސްމީ ބަންދު ދުވަސްތަކާއި ބެހޭ

2020 ވަނަ އަހަރު ބަނދަރުގެ ރަސްމީ ބަންދު ދުވަސްތަކާއި ބެހޭ

ތިރީގައި މިވަނީ 2020 ވަނަ އަހަރު ބަނދަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެހިފައިވާ ދުވަސްތަކެވެ.

  • ހަފްތާގެ ހުކުރު ދުވަސް
  • ހިޖްރީ އަހަރު ފެށޭ ދުވަސް (މުޙައްރަމް މަހުގެ 1 ވަނަ ދުވަސް)
  • ޤައުމީ ދުވަސް (ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް)
  • ކީރިތި ރަސޫލާގެ ޢީދުމީލާދު (ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަސް)
  • މަސައްކަތްތެރިންގެ ދުވަސް (މެއި މަހުގެ 1 ވަނަ ދުވަސް)
  • މިނިވަން ދުވަސް (ޖުލައި މަހުގެ 26 ވަނަ ދުވަސް)
  • ރަމަޟާން މަހުގެ ފުރަތަމަ ދުވަސް (ރަމަޟާން މަހުގެ 1 ވަނަ ދުވަސް) މުލަރޯދަ ވިލޭރޭގެ 18:00ން ފެށިގެން ބަންދުވާނެއެވެ.
  • ފިތުރު ޢީދު ދުވަސް (ޝައްވާލް މަހުގެ 1 ވަނަ ދުވަސް) ޢީދު ވިލޭރޭގެ 18:00ން ފެށިގެން ބަންދުވާނެއެވެ.
  • ޙައްޖު ދުވަސް (ޙައްޖު މަހުގެ 9 ވަނަ ދުވަސް) ޙައްޖު މަހުގެ 8 ވަނަ ދުވަހުގެ 18:00ން ފެށިގެން ބަންދުވާނެއެވެ.
  • އަޟްހާ ޢީދު ދުވަސް (ޙައްޖު މަހުގެ 10 ވަނަ ދުވަސް)
  • ޖުމްހޫރީ ދުވަސް (ނޮވެމްބަރ މަހުގެ 11 ވަނަ ދުވަސް)

 

                އަދި ދަންނަވަމެވެ. މީގެ އިތުރުން ކުންފުނިން ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި ކޮންމެ ދުވަހަކީ ބަންދު ދުވަހެކެވެ. ވީމާ، ބަނދަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

31 ޑިސެމްބަރ 2019

31 ޑިސެންބަރު 2019