މަޤާމް:
|
ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-314753
|
ބޭނުންވާ ޢަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ.އެކްސް. 1
|
މަގާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ރީޖަނަލް އެއަރޕޯޓްސް/ މާލެ'
|
މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2,000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
އަސާސީ މުސާރައިގެ %35
|
އެހެނިހެން އެލަވަންސް:
|
އެއަރ ފީލްޑް ޕޭވެމެންޓް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިންގ، ރޯޑް އިންޖިނިއަރިން، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާ އިން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1100 ރުފިޔާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން ހިގަމުންދާ މަޝްރޫޢުތަކާއި ގުޅިގެން ކުރަހަންޖޭ ކުރެހުންތައް ކުރެހުމާއި، ބީ.އޯ.ކިއު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން. އަދި އެއަރޕޯރޓްތަކުގެ ބަނދަރުތަކާއި ރޯޑްތައް ޑިޒައިންގ ކުރުމާއި، ކުރެހުމާއި އެމަސައްކަތް އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރުވުން.
- އެއަރޕޯޓްތަކުގައި ހިންގޭ އެނެނިހެން ޕްރޮޖެކްޓްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުވުމާއި، އެއަރޕޯޓްތަކުގައި ކުރެވޭ ދާއިރާގެ މަސައްކަތް މޮނިޓަރކޮށް ރިޕޯޓް ތައްޔާރުކުރުވުން. އަދި ރީޖަނަލް އެއަރޕޯޓްސްއިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެކިފަރާތްތަކާއި ހަވާލުކުރެވޭ މަޝްރޫއުތަކުގެ އިންޖިނިއަރ ލަފާދިނުން.
- ރީޖަނަލް އެއަރޕޯޓްތަކުގެ އިންފްރާންސްޓްރަކްޗަރ ނުވަތަ ޢިމާރާތްތަކުގެ މެއިންޓެނަންސް މަސައްކަތްތައް ކުރުން. އަދި ސަރުކާރުން އަލަށް ޑިވެލޮޕްކުރާ އެއަރޕޯޓްތަކާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ކުރެހުންތައް ތައްޔާރުކުރުވުމާއި، ޕްރޮޖެކްޓް ހިންގުމުގައި ކުރަންޖެހޭ ކަންކަން ކުރުމާއި، އެއަރޕޯޓްތަކުގައި ހިންގޭ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އޮފީހުގެ އިސްކޮށް ހުންނަވާ ފަރާތަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
- އެއަރޕޯޓްތަކުގެ ރަންވޭ އާއި އޭޕްރަން ގެ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ އިނިސްޕެކްޝަންސްތައް ހެދުމާއި، އެތަންތަނަށް ދިމާވާ ރިޕެއަރގެ ކަންކަމުގައި ސިވިލް އިނިޖިނިއަރިންގ ލަފާދިނުމާއި، އެތަންތަން މަރާމާތު ކުރުން. އަދި ރީޖަނަލް އެއަރޕޯޓްގެ ފަރާތުން އެކިފަރާތްތަކާއި ޙަވާލުކޮށްގެން ހިންގަމުންގެންދާ އެއަރޕޯޓްތަކުގެ ޕްރޮޖެކްޓްސް އާއި މެއިންޓެނަންސްގެ ދާއިރާގެ ފެންވަރާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެއަރޕޯޓް އޮޕަރޭޓަރުންނާއި ބައްދަލުކޮށް އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން.
- އެކިފަރާތްތަކާއި ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާ ބިލްތައް ސަރޓިފައިކުރުން. އަދި އެކިފަރާތްތަކާއި ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކުރުން.
- ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުން ހިގަމުންދާ މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ ޓައިމްލައިނާއި އެއްގޮތަށް ހިންގުން. އަދި މަޝްރޫޢުތައް ހިނގަމުންދާއިރު ދޭންޖެހޭ ވޭރިއޭޝަން އެޕްރޫވަލްތައް ޗެކްކުރުމާއި ކަމާބެހޭ ފަތާތްތަކުގެ ހުއްދައާއެކު ފޯރުކޮށްދިނުމާއި، މަޝްރޫޢުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭ ޙާލަތްތަކުގައި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު ބަދަލުތައްގެނައުން.
- މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އައި.ކާ.އޯގެ ޤަވާޢިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އެތަންތަން ހިގަމުންދޭތޯ މޮނިޓަރ ކޮށް ބެލެހެއްޓުން. އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގޭ މަސައްކަތްތައް ހިންގުމުގައި އިސްކޮށް ހުންނަވާ މުވައްޒަފަށް އެހީތެރިވުން. އަދި އެއަރޕޯޓްތަކުގައި ރީޖަނަލް އެއަރޯޓްސްގެ ފަރާތުން ތަކެތިދީގެން ހިންގާ މެއިންޓެނަންސް މަސައްކަތް ތަކުގައި މިއޮފީހުން ފޮނުވަންޖެހޭ ތަކެއްޗަށް، ރިކްއިޒިޝަން ފޯމް ތައްޔާރުކުރުވުމާއި ތަކެތި ފޮނުވުމާއި މެޓީރިއަލް ލިސްޓް އަޕްޑޭޓްކުރުން.
- ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ހިންގާ މެއިންޓެނަންސް މަސައްކަތްތަކުގައި ދިމާވާ މައްސަލަތައް ބަލާ އެކަންކަމަށް ބޭނުންވާ ޙައްލު ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހޯދުމުގެ މަސައްކަތްކުރުން. އަދި ވޯރކް ޕްލޭން ތައްޔާރުކުރުކޮށް ބެލެހެއްޓުމާއި، ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި މަސައްކަތްތަކުގެ މައުލޫމާތު އެއްކޮށް، މިފަދަ މަސައްކަތްތަކުގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރުން.
- އެއަރޕޯޓްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާއި މެއިންޓެނަންސްގެ މަސައްކަތްތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު ތަކުގައި އެހީތެރިވުމާއި، އަދި އޮފީހުންކުރާ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- އެއަރ ފީލްޑް ޕޭވެމެންޓް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިންގ، ރޯޑް އިންޖިނިއަރިން، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އެއަރ ފީލްޑް ޕޭވެމެންޓް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިންގ، ރޯޑް އިންޖިނިއަރިން، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމްގެ ދާއިރާތައް
|
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
ތައުލީމީ ރޮނގުތައް
|
- އެއަރ ފީލްޑް ޕޭވެމެންޓް އިންޖިނިއަރިން
- ސިވިލް އިންޖިނިއަރިންގ
- ރޯޑް އިންޖިނިއަރިން
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާ އަށް އެންމެ ޤާބިލު
ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް %25
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %25
- އިމްތިޙާން/ ޕްރެކްޓިކަލްސް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް %50
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %55 އަށްވުރެމަތިވުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސް އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ، 13 ޖެނުއަރީ 2020 އާއި 14 ފެބުރުއަރީ 2020 އާ ދެމެދު، ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|