ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-CA/INDIV/2019/50
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:48
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިކޮށުމާއި ހޭޅިތެރެއިން މަގު ކެނޑުން

މިހާރަކަށް އައިސް އެކި ފަރާތްތަކުން އަމިއްލައަށް ރަށުގެ ހޭޅިމަތިން އެކި ސަރަހައްދުތައްކޮށާ ހޭޅީގެ ތެރެއިން މަގުތައް ކަނޑަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. ރަށުގެ ހޭޅިއަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

      ވީމާ އަމިއްލަ އެއްވެސް ފަރާތަކުން ރަށުގެ ހޭޅި ފަށުގައި ހެދިފައިވާ ގަސްތައް ކޮށުމާއި އަދި ހޭޅިތެރެއިން މަގު ކެނޑުމަކީ މަނާކަމެއްކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ. އަދި އަމިއްލައަށް ރަށުގެ ހޭޅި ފަށުގައި ހެދިފައިވާ ގަސްތައް ކޮށާ، ހޭޅިތެރެއިން މަގު ކެނޑާ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެވާހަކަ ދަންނަވަމެވެ.

30 ޑިސެންބަރު 2019