ޢާންމު މަޢުލޫމާތު
ނަންބަރު: GS116-IUL/2019/061
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 09 ޖަނަވަރީ 2020 12:00
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
މަސައްކަތު ( ދާއިމީ )

ހިދާޔާ ސްކޫލް                                 

   ނ.މިލަދޫ                                                                                        ނަންބަރ:GS116-IUL/2019/061   

އިޢުލާން

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާ އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2018 (ފުރަތަމަ އިޞްލާޙް)" އަށް ގެނެވުނު އިޞްލާޙާއި ގުޅިގެން މި ސްކޫލުގެ ނަންބަރު: GS116-IUL/2019/060 ( 29 ޑިސެމްބަރ 2019 ) އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.   

މަޤާމް:

 މަސައްކަތު

މަޤާމްގެ ނަންބަރު:

J-131349

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 އެސް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

 ސަޕޯޓް ސްޓާފު ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

 ހިދާޔާސްކޫލް / ނ.މިލަދޫ

މުސާރަ:

 މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/1200ރުފިޔާ

އިތުރު އިނާޔަތްތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-ސުކޫލު އިމާރާތާއި ގޯތި ތެރެއާއި، މަގާއި ގޯޅި ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށިޖަހާފައިވާ އިމާރާތްތަކާއި ކުލާސްރޫމްތައް އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.

-ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި ސުކޫލަށް ޙާޟިރުވެ ކުލާސްރޫމްތައް ކުނިކަހާ، މޭޒުތަކާއި ގޮނޑިތައް ފޮޅާ ސާފުކުރުން.

-ސުކޫލުން ބާއްވާ ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، އެކަންތައްތައް ނިމުމުން ކުލާސް ރޫމްތައް އެތުރުން.

-ސުކޫލުން އަންގާ ގޮތެއްގެ މަތިން ބަގީޗާ ގަސްތައް ކޮށާ ގަސްތަކަށް ފެން ދީ ބެލެހެއްޓުން

-ސުކޫލަށް އެކި ބޭނުންތަކަށް ގެންނަންޖެހޭ ތަކެއްޗާއި ގެންދަން ޖެހޭ ތަކެތި ގެންދިއުމާއި ގެނައުން.

-ހިރަފުސް ބޯ ދުވަސްތަކުގައި ސުކޫލުގެ ދަރިވަރުންނަށާއި ސުކޫލުގެ މުއައްޒަފުންނަށް އުދަނގޫނުވާގޮތަށް ސުކޫލު ގޯތި ތެރެއަށް ފެން ޖެހުން.

މަޤާމުގެ ޝަރުޠުތައް:

- ލިޔަންކިޔަން އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)

 

 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

                                                                                              

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 9 ޖެނުއަރީ 2020 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިދާޔާސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީމެއިލް އެޑްރެހަކީ:    [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

- އިންޓަވިއު އޮންނާނީ، 9 ޖެނުއަރީ އާއި 15 ޖެނުއަރީ 2020 އާއި ދެމެދު  ހިދާޔާސްކޫލުގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނުވަތަ އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

     އިތުރު މަޢޫލޫމާތު

      - މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560572 ނަންބަރ ފޯނާއެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަޑުތަކާއި އުސޫލްތައް އަދި އެ އުސޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަނުކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/dv/recruitment-usooluއިން ލިބެން ހުންނާނެއެވެ.

                         30 ޑިސެމްބަރ    2019

30 ޑިސެންބަރު 2019