ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)245/245/2019/33
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 09 ޖަނަވަރީ 2020 12:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

                                                              ނަންބަރު: IUL)245/245/2019/33)

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމް ނަންބަރު:

229681

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ ބިނާވެށީގެ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި އެޕްލޭނާއި އެއްގޮތައް ބިން ބޭނުން ކުރެވެމުންދޭތޯ ބަލައި ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުން.
  3. ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  4. ރަށުގެ ބިމުގެ ޗާޓް ކުރަހާ ގޯތިގޯއްޗާއި މަގުތަކުގެ ނަންޖަހާ ޗާޓް ފުރިހަމަކޮށް ބެލެހެއްޓުން.
  5. ކައުންސިލް އިދާރާ ހުޅުވުމަށް (ހުޅުވާ ލެއްޕުމުގެ ޑިޔުޓީ ތާވަލް ހެދުން)
  6. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މަޢުލޫމާތު ބެލެހެއްޓުމާއި މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނާއި ރައްޔިތުންނާއެކު ބާއްވަން ޖެހޭ ބައްދަލުވުންތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  7. ރަށުގެ ތަފާސް ހިސާބު އަހަރަކު އެއްފަހަރު އެއްކޮށް ބަލަހައްޓާ ބޯހިމެނުމަށްފަހު ސަރުކާރުގެ ދާއިރާތަކުން ނެރޭ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ ރަށުގައި ރަނގަޅުކުރަންޖެހޭ ދިމަދިމާ ދެނެގަނެ އެމައުލޫމާތުގެ މައްޗަށް ބިނާކޮށް ރަށުގައި ރޭވޭ ކުދި އަދި މެދުފަންތި އަދި ދިގުމުއްދަތުގެ މަޝްރޫޢުތައް ޕްލޭންކުރުމާއި، ކައުންސިލްގެ އިމާރާތާއި މިސްކިތްތަކާއި ރައްޔިތުންގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރެވެމުންދަނީ ރަނގަޅަށްތޯ ބަލައި ޗެކްކުރުން.
  8. ރަށުގައި ހިންގޭ އެކިއެކި މަޝްރޫޢުތަކުގެ ތެރެއިން އިމާރާތްތަކަށާއި މަޝްރޫޢުތަކަށް ގެންނަން ރައްޔިތުންގެ އެދޭ ބަދަލު ގެނައުމަށް (ޕްލޭންއާއި ގުޅޭ ގޮތުން) ހުށަހެޅުންތައް ލިޔެ ފޮނުވުން.
  9. ރަށް ގިރުމާއި، އުދަ އެރުމާއި ރަށުގައި ހުރި ތިމާވެށީގެ މައްސަލަތަކުގެ މަޢުލޫމާތު އެއްކޮށް މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ބޭނުންވާ މަޢުލޫމާތު ފޮނުވައިދިނުމާއި އެފަދަ މައްސަލތަކާއި ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
  10. ރަށުގައި ހިންގޭ މަޝްރޫޢުތަކަށް ހަދަންޖެހޭ އީއައިއޭ ގެ މައްސަލަތައް ހިންގުމާ ހިންގަން ޖެހޭ މަޝްރޫޢުތަކުގެ އީއައިއޭގެ ރިޕޯޓްތައް ހޯދާ ބެލެހެއްޓުން.
  11. މަގާ ގޯޅިތަކުގެ ނަންތައް ތަކުރާރު ނުވާނޭ ގޮތައް ނަންކިޔަމުން ގެންދިއުމަށް ނަން ލިސްޓްކޮށް އެލިސްޓް ބެލެހެއްޓުމާއި، ރަށުގެ ޗާޓް  ގައި ތަރުތީބުން ކޮށީ ންމަބަރު ޖަހާ ލިސްޓްކޮށް ބެލެހެއްޓުން.
  12. ރަށުގެ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ނުވަތަ ސަރުކާރުގެ ދާއިރާއަކުން މަޝްރޫޢުތަކަށް ބޭނުންވާ ފަރާތްތަކަކަށް ރަށުގެ ޗާޓް ނުވަތަ ރަށުގެ އެ ސަރަހައްދުގެ ޗާޓް ފޮނުވައިދިނުން.
  13. ރަށުގެ ބިމުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާ އެކިކަންކަމަށް ބިންނެގުމާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ބިމުގެ ބަޖެޓް ތައްޔާރުކުރުން.
  14. ރަށުގެ ތަޞައްވުރު ވިލަރެސްކޮށް  ބެލެހެއްޓުން އަދި ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގެނައުމާއި ތަޞައްވަރުގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  15. ތަރައްޤީގެ މަޝްރޫޢުތަކުގެ ރޭވުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި މިކަންކަމާ ބެހޭ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  16. ރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް އިވެލުއޭޓްކޮށް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައްސަލަ ހިންގުމާއި ގެސްޓް ހައުސް ޓޫރިސްޓް ހޮޓާ ހިންގުމަށް ހުއްދައިދިނުން.
  17. ފައިލްކުރަންޖެހޭ ލިޔުންތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްގައި ހިމެނޭ ލިޔުންތަކުގެ ރެކޯޑް ޝީޓް ފައިލްކޮށްފައި ބޭއްވުމާއި، ފައިލުކޮށްފައިވާ ލިޔުމެއް ހޯދަން ބޭނުންވުމުން އެލިޔުން ހޯދައިދިނުން.
  18. ޖަވާބު އަވަސްކޮށްދިނުން އެދި ސިޓީ، މެސެޖް ފޮނުވާފައިވާ މައްސަލަތަކުގައި ސެކްޝަންގެ ހެޑް ނުވަތަ ސްޕަވައިޒަރާ މަޝްވަރާކޮށް ލިބޭ ލަފާގެ މަތިން ސެކްޗަން ހެޑް ނުވަތަ އެމައްސަލައެއް އެސައިން ކޮށްފައިވާ މުވައްޒަފެއް އަންގާގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
  19. ގޯތި ދޫކުރުމަށާއި އެކިކަންކަމަށް ބިންނެގުމުގައި ގޯތިގޯތީގެ އިމުގެ މައްސަލަ ބެލުމަށް ފޫޓް އެޅުމުގައި ބައިވެރިވުން.
  20. ކައުންސިލުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުންތަކާއި ޖަލްސާ ވޯކްޝޮޕް ތަކުގެ އެޖެންޑާއާއި ސީޓިން އެރޭންޖްމަންޓް ހެދުމާ އެޖެންޑާ ހަވާލުކުރުން.
  21. ލިޔުންތަކުގެ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން.
  22. އެންޓްރީން ނަގަންޖެހޭ ސިޓީ މެސެޖް ހުރިތޯ ބަލާ ހަވާލުވެ މައްސލަތައް ޔުނިޓްގެ ވެރިޔާގެ އަރިހަށް ގެންދިޔުން.
  23. ކައުންސިލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން

65

30

35

5

40

އިމްތިހާން

ސިވިލް ސާވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާޢި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިޔު / ޕްރެކްޓިކަލް

100

40

40

ޖުމްލަ

 

230

100

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖެނުއަރީ 09 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖެނުއަރީ 12 ވާ އާދީއްތަ ދުވަހާއި 2020 ޖެނުއަރީ 16 ވާ ބުރާސްފަތި ދުވަހާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.


                     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

04 ޖުމާދަލްއޫލާ 1441

30 ޑިސެމްބަރ 2019

30 ޑިސެންބަރު 2019