ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2019/131
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 15 ޖަނަވަރީ 2020 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްރޫޢެއްގައި ހިމެނޭ 37 އިމާރާތަކަށް ފެން ފޯރުކޮށްދޭ އަދި ނަރުދަމާ ނިޒާމުގެ ޙާލަތު ދެނެގަތުމަށް، މިކަމުގެ ފަންނީ މަސައްކަތްކުރާ ކުންފުންޏެއް ހޯދުމާއި ގުޅޭ

  1. މި މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްރޫޢެއްގައި ހިމެނޭ 37 އިމާރާތަކަށް ފެން ފޯރުކޮށްދޭ އަދި ނަރުދަމާ ނިޒާމުގެ ޙާލަތު ދެނެގަތުމަށް، މިކަމުގެ ފަންނީ މަސައްކަތްކުރާ ކުންފުންޏެއް ހޯދަން ބޭނުންވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. އަދި، މި މަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ 05 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް މައުލޫމާތު ސެޝަނަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.  
  3. ބީލަން ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބިޑް ހުށަހަޅާ ފަރާތުގެ ނަން، އިޢުލާން ނަންބަރު، ބިޑް ހުށަހެޅި ތާރީޚާއި ގަޑި ލިޔެވިފައި އޮންނަންވާނެއެވެ.
  5. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.     
30 ޑިސެންބަރު 2019