ތަމްރީނު
ނަންބަރު: (IUL)475Schol/475/2019/220
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 30 ޑިސެންބަރު 2019 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 2019

އިޢުލާން

ނަންބަރު: (IUL)475Schol/475/2019/220   

ތާރީޚް :29 ޑިސެމްބަރ 2019

މިއީ މިނިސްޓްރީގެ ނަންބަރ: IUL)475-Schol/475/2019/211 ) ) 19 ޑިސެމްބަރ 2019 ) އިޢުލާނުގައިވާ ބަޔާންކޮށްފައިވާ ތިރީގައި މިވާ ދާއިރާތަކަށް ދަރިވަރުން ނޮމިނޭޓުވެފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ފުރުޞަތު 2019

ގައުމު: ނޭޕާލް

 

1 އެމްޑީ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ

1 އެމްޑީ ޕީޑިއެޓްރިކްސް

1 އެމްޑީ އިން ސައިކިއެޓްރީ

1 އެމްއެސް އޯރތޮޕައެޑިކްސް އެންޑް ޓްރައުމާ ސަރޖަރީ

ކޯހުގެ ލެވެލް އަދި ޢަދަދު:

 އެމްޑީ/އެމްއެސްގެ ޝަރުތު

  • އެމް.ބީ.ބީ.އެސް ހާޞިލުކުރައްވައި އިންޓަރންޝިޕް ފުރިހަމަކުރައްވާފައިވުން
  • އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެލައްވާފައިވުން.
  • އެމް.ބީ.ބީ.އެސް ޑިގްރީ ހާޞިލުކޮށް އިންޓަރންޝިޕް ފުރިހަމަކުރެއްވުމަށްފަހު 29 ޑިސެމްބަރ 2019 ގެ ނިޔަލަށް މަދުވެގެން 6 މަސް ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުން

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިމިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ކެންޑިޑޭޓެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-          ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-          ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

-          އެމް.ބީ.ބީ.އެސް ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެލައްވާފައިވާކަން އަންގައިދޭ ލިޔުން.

-          އެމް.ބީ.ބީ.އެސް އަދި އިންޓަރންޝިޕް ފުރިހަމަކުރެއްވުމަށްފަހު ޚިދުމަތްކުރައްވާފައިވާ ތަންތަނާއި މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.

-          ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގް ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުވާނަމަ، އެތަނެއްގެ  ގްރޭޑިންގް ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުޞޫލުންނެވެ.
  • މި އުޞޫލުން އަމަލުކުރުމަށްފަހު، ޕޮއިންޓް ސިސްޓަމުން އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ނޮމިނޭޓް ކުރެވޭނެއެވެ. މިގޮތުން ޕޮއިންޓް ދިނުމަށްފަހު އެއްވަރު ވެއްޖެ ހާލަތެއްގައި އިސްކަންދޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރެއްވުމަށްފަހު ، މިހާރު ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ވަޒީފާ އަދާކުރަމުންދާ އަދި އެންމެ ގިނަ ދުވަހު ސިއްޙީ ޚިދުމަތްދޭ ތަނެއްގައި، ޚިދުމަތް ކުރައްވާ ފައިވާ ފަރާތަކަށެވެ.
    • ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.
    • މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ފުރުޞަތު ދެއްވާ ފަރާތުން މި ފުރުޞަތު ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.
    • ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.
    • ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ފުރުޞަތުގައި ވެވޭ އިޤުރާރާ ޚިލާފުވުމުން ޢަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
    • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
      • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ،  ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު ހުށަހެޅުއްވިދާނެއެވެ.
      • "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.
      • އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00  ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026955 / 3026950 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

       
29 ޑިސެންބަރު 2019