ދިވެހިރާއްޖެ
އިޢުލާން
މ. މަޑުއްވަރީ ޞިއްޙީމަރުކަޒު ކުލަލުމާއި، ދޮރުތައް ބަދަލުކުރުމުގެ މަރާމާތާއި ގުޅޭ
މ. މަޑުއްވަރީ ޞިއްޙީމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، މ.މަޑުއްވަރީ ޞިއްޙީމަރުކަޒު ކުލަލުމާއި، ބަދަލުނުކުރެވި ހުރި ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރުމަށް ކުރެވުނު ނަންބަރު: K9-HC/IUL/2019/03 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ.
މި މަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، މ. މަޑުއްވަރީ ޞިއްޙީމަރުކަޒު ކުލަލުމާއި، ބަދަލުނުކުރެވި ހުރި ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިމަރުކަޒުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މ. މަޑުއްވަރީ ޞިއްޙީމަރުކަޒު |
31 ޑިސެންބަރު 2019 |
އަންގާރަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މަޑުއްވަރީ ޞިއްޙީމަރުކަޒު |
05 ޖަނަވަރީ 2020 |
އާދީއްތަ |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންދައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.
03 ޖުމާދަލްއޫލާ 1441
29 ޑިސެންބަރު 2019