މަސައްކަތް
ނަންބަރު: (IUL)340-C/340 /2019/62
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 08 ޖަނަވަރީ 2020 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިން އޮފިސަރގެ މަގާމަށް މުވައްޒަފަކު ހޯދުން

މަޤާމް :

އެސިސްޓެންޓް އެޑްމިން އޮފިސަރ

 

މަގާމުގެ ނަމްބަރު

-

 

ބޭނުންވާ ޢަދަދު

1 ( އެކެއް )

 

މަޤާމުގެ ގިންތި :

ވަގުތީ ( 1 އަހަރު ގެ ކޮންޓްރެކްޓް ވަގުތީ )

 

މަގާމުގެ ރޭންކް

ޖީ.އެސް 1

 

މަގާމުގެ ކްލެސިފިކޭޝން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން :

އއ. ރަސްދޫ ކައުންސިލްގެ އިދާރާ

 

މުސާރަ :

3,565.00 ރުފިޔާ.

 

ސަރވިސް އެލެވަންސް :

1,500.00 ރުފިޔާ

 

އެހެނިހެން އެލެވަންސް :

އިތުރުގަޑީގައި މަސައްކަތެއް ކުރައްވައިފިނަމަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް އިތުރު ގަޑީގެފައިސާ ދެވޭނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞާ އިނާޔަތް ދެވޭނެއެވެ.

ސަޕޯޓިންގ ކޯ އެލެވަންސް :

 މިއީ 1 އަހަރު ދުވަހުގެ ވަގުތީ މަގާމަކަށްވާތީ މި މަގާމަށް ސަޕޯޓިންގ ކޯ ގެ އެލެވަންސް އެއް ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

                      

1-      ރަސްދޫ އިޖުތިމާއީ މަރުކަޒް ރަސްމީކޮށް ހުޅުވަންޖެހޭ ގަޑިތަކުގައި ހުޅުވާ ބަންދު ކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސާ މިކަންކުރުން.

2-      ހަމަޖެހިފައިވާ ޤާވާޢިދާ އުޞޫލްތަކާއެއްގޮތްވާގޮތުގެމަތިން ރަސްދޫ އިޖުތިމާއީ މަރުކަޒްގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ލިޔެކިއުމާބެހޭ މަސައްކަތްތައްކުރުން.

3-      ރަސްދޫ އިޖުތިމާއީ މަރުކަޒުން ކުރަންޖެހޭ އެންމެހައި ފައިސާއާބެހޭ ލިޔެކިއުންތައް ލިޔެ ބެލެހެއްޓުމާއި،  ބަލައިގަންނަންޖެހޭ އެންމެހައި ފައިސާ ބަލާގަނެ ޖަމާކޮށް ޚަރަދުކުރަންޖޭ ފައިސާ ޚަރަދުކުރުމަށް ކުރަންޖެހޭ އެންމެހައި ލިޔެކިއުންތައް ތައްޔާރުކޮށް ރައްކާތެރިކަމާއެކު ގެންގުޅި ބެލެހެއްޓުން.

4-      ރަސްދޫ ކައުންސިލްގެ މަސްވަރާގެމަތިން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އުޞޫލާ އެއްގޮތަށް ރަސްދޫ އިޖުތިމާއީ މަރުކަޒުގެ އެންމެހައި މުވައްޒަފުންނާ ބެހޭ ކަންކަންކުރުން.

5-       ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާ، ދަނޑު ފަދަ ތަންތަނުގައި ކުރަން ހުންނަ މަރާމާތުތައް ފާހަގަކޮށް ރަސްދޫ ކައުންސިލަށް ހުށަހަޅާ މި ތަންނަތަނަށް ބޭނުންވާ ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އުޞޫލުގެ ތެރެއިން ހޯދުން. އަދި މިފަދަ ތަންތަން އިޖުތިމާއީ މަރުކަޒްގެ މަސައްކަތުމީހުން ލައްވާ ކުނިކަހާ ފޮޅާ ސާފުކުރުވުމާއި ، މިތަންތަން ބެލެހެއްޓުން .

6-      ރަސްދޫ އިޖުތިމާޢީ މަރުކަޒްގެ ބެލުމުގެދަށުގައިހުރި އެންމެހައި މެޝިނަރީ އާއި، އިކްވިޕްމަންޓްސް، ފަރުނީޗަރ ފަދަ ތަކެތި މަރުކަޒުގެ މަސައްކަތު މީހުންލައްވާ ސާފުކޮށް ގެންގުޅި ބެލެހެއްޓުމާއި، އަދި މިތަކެތި މަރާމާތު ކުރުމާބެހޭ ކަންކަން ކުރުން. 

7-      ރަސްދޫ އިޖުތިމާޢީ މަރުކަޒުން ރާވާހިންގާ އެންމެހައި ކުޅިވަރު ޙަރަކާތްތައް ރާވާހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުމާ މި ޙަރަކާތްތައް ހިންގުން.

8-      މީގެ އިތުރުން އިޖުތިމާޢީ މަރުކަޒުން މަސައްކަތްކަތާ ގުޅޭގޮތުން ކައުންސިލުން ޙަވާލުކުރާ އެންމެހައި ކަންކަން ކުރުން.

9-      ކައުންސިލް އިދާރާއިން އަދި ރަސްދޫ އިޖުތިމާޢީ މަރުކަޒުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

       

 

 

މަޤާމުގެ ޝަރުޠުތައް :

1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައި ވުމާއެކު ، އޭގެ އިތުރުން ' ސެކެންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން.

ހުށަހަޅަންޖެހޭ  ލިއުންތައް :

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ލިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެޔްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

 

 

 

 

ދާއިރާ

 

މާކްސް

އިންސައްތަ

%

ކެޓެގަރީގެޖުމްލަ

އިންސައްތަ

ތަޢުލީމާއި،ތަމްރީން.

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން.

30

5

އިމްތިޙާން .

ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޚާން

12

5

5

މަސައްކަތު ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

މަޤާމަށްއެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި ، މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 08 ޖަނަވަރީ  2020 29 ޖަނަވަރީ 2020 އާ ،  ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގައެވެ.  

ޝޯޓް ލިސްޓްކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. އީ.މެއިން އެޑްރެސް [email protected]  އަށެވެ.

26 ޑިސެންބަރު 2019