ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-LES/1/2019/350
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 02 ފެބުރުވަރީ 2020 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

އިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމާ ގުޅޭ

 

ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީ މި މިނިސްޓްރީއަށް ހުށަހެޅުމުގެ ބަދަލުގައި، "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

މި ފޯމަކީ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި، ކޯޓާ އަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ކަމާގުޅޭ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެކެވެ. އަދި މިފޯމު ހުށަހަޅާނީ: (1) ގަވާއިދު ނަންބަރު 2019/R-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ (2) ސިވިލް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހުއެވެ.

މިގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، މިދެންނެވި ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ދެންނެވީމެވެ. އަދި ދެންނެވުނު ފޯމް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން "އިންކޮމްޕްލީޓް" ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މި މިނިސްޓްރީއިން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި މި މިނިސްޓްރީއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

"ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިން އާއި އެކްސްޕެޓް އޮންލައިން ސިސްޓަމްއިން ވެސް ލިބޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

28 ރަބީޢުލްއާޚިރު 1441

26 ޑިސެންބަރު 2019