މަސައްކަތް
ނަންބަރު: S4C-A/2019/06
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 05 ޖަނަވަރީ 2020 13:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ތަރުޖަމާނަކު ހޯދުމާއި ބެހޭ

ތަރުޖަމާނަކު ހޯދުމާއި ބެހޭ:  

         އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހިނގަމުންދާ އެކި ބާވަތްތަކުގެ މައްސަލތަކާއި ގުޅިގެން ބަނގްލަދޭޝް ބަސް އަދި އިނގިރޭސި ބަސް ތަރުޖަމާކޮށްދިނުމަށާއި ، ސައިންލެންގުއޭޖް އެކްސްޕާޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވެލައްވާ  ތިރީގައިވާ މިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތައް ބޭނުންވެއެވެ.

  • ބަންގްދޭޝްބަސް ނުވަތަ އިނގިރޭސިބަސް ނުވަތަ ސައިންލެނގުއޭޖް ރަނގަޅަށް އެނގުން.
  • ދިވެހިބަހުން ލިޔެފައިވާ ތަކެތި ކިޔަން އެނގުން.
  • ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުން.
  • އުޖޫރަ: ތަރުޖަމާ ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ގަޑިއަކަށް -/400 ރ (ހަތަރުސަތޭކަ ރުފިޔާ)

         ވީމާ ބަންގްދޭޝްބަސް ނުވަތަ އިނގިރޭސިބަސް ތަރުޖަމާކޮށްދިނުމަށާއި، ސައިންލެންގުއޭޖް އެކްސްޕާޓެއްގެ ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ފޯނު ނަންބަރ އެނގޭގޮތަށް ލިޔުމަކުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ ލިޔުމާއެކު ކާކުކަން އަންގާއިދޭ ކާޑުގެ ކޮޕީއާއި އެމީހެއްގެ ވަނަވަރު ، ތަޢުލީމީ ސަނަދުތަކުގެ ކޮޕީ އަދި ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ވާކްޕާމިޓްގެ ކޮޕީ ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

25 ޑިސެންބަރު 2019