މަސައްކަތް
ނަންބަރު: (IUL)340/340/2019/61
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 05 ޖަނަވަރީ 2020 10:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއްހޯދުން:

މި ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް އއ. ރަސްދޫގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

            މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 ޑިސެންބަރު 26 އިން 2020 ޖެނުއަރީ 05 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 48ރ (ސާޅީސްއަށް ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

                          މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާމެއިލަށް 2020 ޖަނަވަރީ 05 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ދުވަހުންދުވަހަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 ޖަނަވަރީ 06 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 ޖަނަވަރީ 13 ވަނަ ދުވަހުގެ 10:00 މި އިދާރާގައެވެ.

26 ޑިސެންބަރު 2019