ދިވެހިރާއްޖެ
މިއިދާރާއިން ދޭ ނަމޫނާ އަކާއި އެއްގޮތަށް 10 ހޮޅިދަނޑި ޖަހާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ އަގު ހުށައަޅުއްވާނީ 6 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 ށް ކައުންސިލްގެ އިދާރާއަށެވެ. މި މަސައްކަތާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6560016 ފޯނަށް ގުޅުއުއްވުން އެދެމެވެ.
މެއިލުން ފޮނުވާ އަންދާސީ ހިސާބުތަށްވެސް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވެއެވެ. މެއިލް ކުރައްވާނީ : [email protected]އަށެވެ.
ދެވިފައިވާ މައުލޫމާތާއި އެއްގޮތް މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ވެސް އަގު އިވޭލުއޭޓް ކުރުމުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.