މަސައްކަތް
ނަންބަރު: GS123/IUL/2019/31
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި:
05 ޖަނަވަރީ 2020 10:30
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލުގެ މިދަންނަވާ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ
ނަމްބަރ: GS123/IUL/2019/31
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ މިދަންނަވާ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- 5 ކްލާސްރޫމުގެ ކުދި ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން
- ސްކޫލުގެ ކްލާސްރޫމުތަކާއި، ޢިމާރާތްތަކުގެ ލައިޓިންގް ލެޑް ލައިޓަށް ބަދަލުކުރުން.
މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 ޑިސެމްބަރ 2019 އިން 31 ޑިސެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް މިސްކޫލުގެ އިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 31 ޑިސެމްބަރ 2019 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 5 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑު ބަލައިނުގަނެވޭނެއެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 8 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އިދާރީ އޮފީސް
އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ
ފޯނު ނަމްބަރ: 6580359
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
28 ރަބީޢުލް އާޚިރު 1441
25 ޑިސެމްބަރ 2019
25 ޑިސެންބަރު 2019