ދިވެހިރާއްޖެ
އެންޓިވައިރަސް ސޮފްޓުވެއާރގެ ސަބްސްކްރިޕްޝަން އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ނަންބަރ: TENDER/AS/2019/012
އެންޓިވައިރަސް ސޮފްޓުވެއާރގެ ސަބްސްކްރިޕްޝަން އައުކޮށްދޭނެ ފަރާތެއް ހޯދަން 16 ޑިސެމްބަރ 2019 ގައި ކުރި ނަންބަރު TENDER/AS/2019/009 އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ އާރ.އެފް.ޕީ ގައި އިރުޝާދު ދެވިފައިވާ ގޮތަކަށެވެ. އާރ.އެފް.ޕީ މި ކުންފުނީގެ ވެބްސައިޓް www.aasandha.mv ޑައުންލޯޑް ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ޑިސެމްބަރ 2019
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011418