ދިވެހިރާއްޖެ
ިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު ހިމެނޭ ގޮތުގައި ކުރިއަށް ގެންދާ "ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު – ސާފުރާއްޖެ ޒޯން 6 އަދި 7" މަޝްރޫޢުގެ ދަށުން ގދ.ހޯނޑެއްދޫގައި އައު ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގެވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް މިއިޢުލާން އާއި އެކު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށް ގަނޑުތައް ނުނެއްޓޭނޭގޮތަށް ބައިންޑް/ހީރަސްކުރެވި ސިޓީއުރައިގައި ބަންދުކޮށްފައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާ
ގދ.ހޯނޑެއްދޫ، ދިވެހިރާއްޖެ.
ގދ. ހޯނޑެއްދޫ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)417-CA/417/2019/93
ރެޖިސްޓްރޭޝަން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ގދ.ހޯޑެއްދޫ ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2020 ޖެނުއަރީ 5 ވަނަ ދުވަހުގެ 12:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 12:00 އާއި ދެމެދު ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީ ބިޑް ބައްދަލުވުން
މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2020 ޖެނުއަރީ 5 ވަނަ ދުވަހުގެ 13:15 ގައި ހޯނޑެއްދޫ ކައުންސިލް އިދާރާގައެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓްކުރާ ތާރީޙުން ފެށިގެން އިން 05 ޖެނުއަރީ 2020 އާއި ދެމެދު [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. ނުވަތަ ކައުންސިލް އިދާރާއަށް ޙާޟިރުވެގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖެނުއަރީ 12 ވަނަ ދުވަހުގެ 13:15 ގައި ގދ.ހޯނޑެއްދޫ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2020 ޖެނުއަރީ 12 ވަނަ ދުވަހުގެ 13:15 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާ
ގދ.ހޯނޑެއްދޫ، ދިވެހިރާއްޖެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.