މަސައްކަތް
ނަންބަރު: GS19-C/IUL/2019/61
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
14 ޖަނަވަރީ 2020 11:30
ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް އޮތް 3 އަހަރަށް (2020 - 2022) ބޭނުންވާ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 26 ން 30އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 14 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
- ސަމާލުކަން ދޭންވީ ކަންކަން:
ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.
ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު މަދަރުސާ
ހއ. ހޯރަފުށި
ފޯން: 6500048، 7797292
އީ-މެއިލް: [email protected]
25 ޑިސެންބަރު 2019