ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)387/387/2019/77
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 07 ޖަނަވަރީ 2020 12:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރުން ހޯދުމާއި ބެހޭ

އިޢުލާން

ވޮޗަރުން ހޯދުމާއި ބެހޭ

 

       01 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު : 2

އުޖޫރަ : މަހަކު -/4000ރ ( ހަތަރުހާސް ރުފިޔާ )

ޝަރުތު : ލިޔަން ކިޔަން އެނގުމާއި އެކު ފުރިހަމަ ސިއްހަތެއްގައި ހުރި ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނެ މީހަކަށްވުން އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

ވޮޗަރުގެ މަސްއޫލިއްޔަތާއި ވާޖިބުތައް :

  1. ކައުންސިލް އިދާރާގެ ޢިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ކައުންސިލް އިދާރާގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައްތައް ކައުންސިލް ހިންގެވުމާއި ޙަވާލުވެ ހުންނަވާ ވެރިއެއްގެ ލަފާގެމަތިން ކުރުން.
  3. ނަހަމަގޮތުގައި ތަނުން އެއްޗެތި ބޭރުވެ އަދި ތަނަށް އެއްޗެތި އެތެރެވިޔަ ނުދިނުން.
  4. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކައުންސިލުން އަންގައިފިނަމަ ނުކުތުން.
  5. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
  6. ދިދަނަގާ ތިރިކުރުމަށް ހަމަޖެހިފައިވާ އުސޫލުން ދިދަނަގައި ތިރިކުރުން.
  7. އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސް ކޮށައި ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވެދިނުމާއި، އިދާރާގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.
  8. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

 

މަޤާމަށް މީހުން ނެގުމަށް ބަލާނެ މިންގަނޑު :

           މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ : %30

           ގާބިލްކަން ސާބިތުކުރުމަށް ކުރެވޭ އިންޓަވިއު : %70

ހުށަހަޅަންޖެހޭ ތަކެތި :

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ އައިޑީކާޑްގެ ކޮޕީ ( ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފުކޮޕީއެއް ).
  4. މަސައްކަތު ތަޖުރިބާ ސާބިތުކޮށްދިނުމަށް ހުށަހަޅާ ލިޔުންތަކުގެ ކޮޕީ.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

 

              ވީމާ، މިއިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީއަށްއެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތްތައް ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 14 ޖަނަވަރީ 2020 ވަނަ ދުވަހު މިއިދާރާގެ މީޓިން ރޫމްގައެވެ.

28 ރަބީއުލްއާހިރު 1441

25 ޑިސެންބަރު 2019