ކުއްޔަށް ހިފުން
ނަންބަރު: (IUL)GS127-B/2019/008
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 30 ޑިސެންބަރު 2019 11:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު  (ދެވަނަ ފުރުޞަޠު)

2020ވަނަ އަހަރު ސްކޫލުގެ އިސްވެރިޔާ ހުންނާނެ ގެއެއް ކުއްޔަށް ހިފުމާއިގުޅޭ.

1        2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރީ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން 18 ޑިސެމްބަރ 2019 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނަންނޯޓުކޮށްފައި ނުވާތީވެ އެ އިޢުލާނު ބާތިލުކޮށް އެކަމަށް ބޭނުން ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދެވަނަ ފުރުސަތު ހުޅުވާލަމެވެ. މި ކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 25 ން 2019 ޑިސެމްބަރ 29 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މާކުރަތު ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ 11:00ގައި މާކުރަތު ސްކޫލުގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 08 ވަނަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.

6        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފޯން:  6580333

އީ-މެއިލް: [email protected]     

ކޮޕީ-މެއިލް: [email protected]

25 ޑިސެންބަރު 2019