ދިވެހިރާއްޖެ
ޕްރީ ސްކޫލް ދަރިވަރުން ކުޅިވަރު ކުޅޭސަރަހައްދު ހިޔާކުރުމާއި އެކުދީން ވެލި ކުޅުމަށް ޚާއްސަތަނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލްގެ ޕްރީ ސްކޫލް ދަރިވަރުން ކުޅިވަރު ކުޅޭސަރަހައްދު ހިޔާކުރުމާއި އެކުދީން ވެލި ކުޅުމަށް ޚާއްސަތަނެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނުގެ މުއްދަތުގެ ތެރޭގައި ދިއްފުށީ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ މަޢުލޫމާތު ސާފުކުރުކުރުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގަނެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓްކުރުމަށް |
ޕްރީބިޑް މީޓިންގ |
އަންދާސީ ހިސާބު ހުށަހެޅުމަށް |
25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން އިއުލާންގެ މުއްދަތުހަމަވަންދެން، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 12:00 ށް |
31 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 |
06 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 11:00 |
އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.
28 ރަބީޢުލްއާޚިރު 1441