ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2019/92
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 13 ޖަނަވަރީ 2020 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާނެ މީހުން ހޯދުން.

ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން، 2020 ވަނަ އަހަރުގެ ނިޔަލަށް މިރަށުގެ ދެ މިސްކިތުގައި މަސައްކަތްކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއެވެ.

  • ·     މަސައްކަތް ކުރަންޖެހޭ ޙާލަތްތައް.

-          މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

  • ·     އުޖޫރަ.

-          އިމާމުކަމުގެ ޝަރުޠު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/61 ރުފިޔާ.

-          އިމާމުކަމުގެ ޝަރުޠު ހަމަނުވާނަމަ (ޖީ.އެސް 1، 2 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/53 ރުފިޔާ.

-          މަސައްކަތު މީހުންނަށް، (އެސް.އެސް 1-5 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ.

މިއީ ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން އެކުލަވާ ޕޫލެއްގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދު ދުވަހުގެ ފައިސާ އާއި އިތުރުގަޑީގެ ފައިސާ، މި ޕޫލުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދޭގޮތަކަށް ހަމަޖެހިފައެއްނުވެއެވެ.

  • ·     ހުށަހަޅަންޖެހޭ ލިޔުންތައް.

-          މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފުށުގެ ސާފުކޮޕީ.

-          މަތީގައިވާ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެންމެމަތީ ފާހުގެ ކޮޕީ.

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޖެނުއަރީ 13 ވާ ހޯމަ ދުވަހުގެ 12:00 ކުރިން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

25 ޑިސެންބަރު 2019