ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނިންދޭ ކުރެހުމާއި، އެހެނިހެން މަޢުލޫމާތާއި އެއްގޮތަށް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކ.ތިލަފުށި ސައިޓުގައި ހުރި އޮފީސް ބަޔަށް، އިތުރު ފަންގިފިލާއެއް އިތުރުކޮށް، މިމަސައްކަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 9 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331453 ނުވަތަ 3331456 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.