ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" (އެލް.ސީ.އީ.އައި) މަޝްރޫޢުއަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިމަޝްރޫޢުގެ ދަށުން ސްޓެންޑަރޑްސް އެންޑް ލޭބަލިންގް އާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ކެމްޕެއިން އެކުލަވާލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް 05 ޑިސެމްބަރު 2019 ގައި ކުރެވުނު ނަންބަރު IUL)438-CCD/438/2019/373) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތަކުގައި "ޓާރމްސް އޮފް ރިފަރެންސް" ގައި ބަޔާންކޮއްފައިވާ ޝަރުތުތައް ހަމަނުވާތީވެ، އެއިޢުލާން ބާތިލްކޮށް "ޓާރމްސް އޮފް ރިފަރެންސް" މުރާޖާކުރުމައްފަހު އިޢުލާންކުރަމެވެ.
މި މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ޕްރީބިޑް ބައްދަލުވުން
މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 29ޑިސެމްބަރ 2019 ވާ ދުވަހުމެންދުރު 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅުއްވާނީ 14 ޖެނުއަރީ 2020 ވާ (އަންގާރަ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތަށް ހުޅުވާނީ 14 ޖެނުއަރީ 2020 ވާ (އަންގާރަ) ދުވަހުގެ 11:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 14th January 2020 at 11:00 – Development of a Public Awareness Campaign on Energy Efficiency Standards and Labelling Program in Maldives” and the submitting party’s name and address
Procurement Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Email: [email protected]
Website: www.environment.gov.mv
(Project name: Strengthening Low Carbon Energy Island Strategies (LCEI
Announcement number: (IUL)438-CCD/438/2019/394
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.