ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2019/44
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 19:18
ސުންގަޑި: 06 ޖަނަވަރީ 2020 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:44/IUL)25-A5/25/2019)   

އިއުލާން

 

މަޤާމް: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް: އެމް. އެސް. 3

މުސާރަ:7,035.00 ރ.

ސަރވިސް އެލަވަންސް: 2,000.00 ރ.       

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު:  J-320129

- އެހެނިހެން އެލަވަންސް: މުސާރައިގެ %35

- ސަޕޯޓް ކޯ : 900.00 ރ

- ޓެކްނިކަލް ކޯ : މުސާރައިގެ %28 (މި މަޤާމަށް ޓެކްނިކަލް ކޯ، ދެވޭ ކޯ-ޑިސިޕްލިންއަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް އެވެ)

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު: 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލެ

ޑިޕާޓްމަންޓް/ސެކްޝަން:ކޯޕަރޭޓް

އެފެއަރޒް ޑިޕާޓްމަންޓް، އެޗް.އާރް

އެންޑް ޓްރެއިނިންގ ސެކްޝަން

މަޤާމުގެ

މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާއި، މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  2. މިނިސްޓްރީގެ  އިދާރީ އޮނިގަނޑާއި، މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި އަދި މުވައްޒަފުންގެ ރެޖިސްޓްރީ، މަޤާމް ރެޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން
  3. ރެފަރެންސް ސިޓީތަކާއި ލިޔުންތައް ތައްޔާރުކުރުމާއި މުވައްޒަފުންނަށް ދޫކުރުން
  4. ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ހިލާފްވުމުގެ ސަބަބުން މުވައްޒަފުންނަށް އަޅާ އިސްލާހީ ފިޔަވަޅުތަކާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުމާއި ރެކޯޑް ބެލެހެއްޓުން
  5. މުވައްޒަފުންގެ ހާޒިރީ، އިތުރުގަޑީގެ ޚާޒިރީ ބެލެހެއްޓުމާއި މުސާރަ ދިނުމަށް ތައްޔާރުކުރާ އިރުތުގަޑީ ހިސާބުކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ދެވޭ މުސާރައާއި އެލަވަންސްގެ މަސައްކަތްތައް ކުރުން
  6. އަލަށް އޮފީހަށް ވަންނަ މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާއި ބޭނުވާ އެހެނިހެން ހުނަރާއިގުޅޭ ތަމްރީންތަކާއި އަދި އަހުލުވެރިކުރުމުގެ ތަމްރީންތަކާއި ގުޅޭ މަސައްކަތްކުރުން
  7. މިނިސްޓްރީން އެކިއެކި އޮފީސް ތަކަށް މުވައްޒަފުން ވީއްލުމާއިގުޅޭ މަސައްކަތްތައް ކުރުން
  8. މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ތަކަކީ ކޮބައިތޯ ބަލައި އެ ޓްރެއިނިންގތައް ހިންގުން އަދި  ދެވޭ ޓްރޭނިންގ އާއި ސްކޮލަރޝިޕްތަކަށް މުވައްޒަފުން ފޮނުވުމާއި ގުޅޭ މަސައްކަތްތައްކުރުމާއި ރެކޯޑް ބެލެހެއްޓުން
  9. މުވައްޒަފުންގެ ޕާރފޯމަންސް އެޕްރޭޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި އެ ފޯމްތައް ފުރުހަމަކޮށް ސިސްޓަމް އަޕްޑޭޓްކުރުމާއިގުޅޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް

 

1- މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ'' އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް:

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

   (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ބެހޭ ޤަވާޢިދު"ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ" އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ބެހޭ ޤަވާޢިދު"ގައިވާ ގޮތުގެ މަތީން) ޖަހާފައިވާ ލިޔުން  

 8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ" އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ބެހޭ ޤަވާޢިދު"ގައިވާ ގޮތުގެ މަތީން) ޖަހާފައިވާ ލިޔުން   

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

   (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީން %35

- އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5

- މަސައްކަތުގެ ތަޖުރިބާ  %15

- ލިބިފައިވާ ހުނަރު (އިންޓަވިއު/ އިމްތިހާން/ޕްރެޒެންޓޭޝަން) %45

- ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55

މަޤަމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 ޖެނުއަރީ 2020 (އާދީއްތަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 12 ޖެނުއަރީ 2020 އާއި 16 ޖެނުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323400 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

 

             

‏24‏ ޑިސެމްބަރ‏ 2019

‏27‏-ރަބީޢުލްއާޚިރު‏-1441

 

24 ޑިސެންބަރު 2019