މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/1/2019/100
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 06 ޖަނަވަރީ 2020 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                            ނަންބަރު:IUL)MMPRC-PRO/1/2019/100)

 

އިޢުލާން

2020 ވަނަ އަހަރުގެ މާރިޗު މަހުގެ 04 ން 8 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޖަނަވަރީ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                                  27 ޖުމާދުލް އާޙިރް 1441ހ.

                                  24 ޑިސެމްބަރ 2019މ

24 ޑިސެންބަރު 2019