މަސައްކަތް
ނަންބަރު: (IUL)366/2019/46
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 30 ޑިސެންބަރު 2019 11:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އެލާމް ސިސްޓަމެއް ހޯދުމަށް

                         އިޢުލާނު

             ސެކިއުރިޓީ އެލާމް ސިސްޓަމެއް މެދުވެރިކޮށް މިއިދާރާގެ ސެކިއުޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިކައުންސިލުން ބޭނުންވާތީ  އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. 

             ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މިއިދާރާއަށް އަންގަންވާނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.     

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކޮށްދިނުން

30 ޑިސެމްބަރ 2019  ހޯމަ

11:00

މ.ނާލާފުށީ ކައުންސިލް

އަންދާސީ ހިސާބު ބަލައިގަތުން

07 ޖަނަވަރީ 2020  އަންގާރަ

11:00

މ.ނާލާފުށީ ކައުންސިލް

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            27  ރަބީޢުލްއާޚިރު   1440 

24 ޑިސެންބަރު 2019