ވަޒީފާގެ ފުރުޞަތު
ނަންބަރު: 67/2019/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 06 ޖަނަވަރީ 2020 11:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ (ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު)

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:  67/2019/(IUL)P2C

ތާރީޚް:  24 ޑިސެމްބަރ 2019  

މަޤާމް:  ވޮޗަރ  

ރޭންކް:  SS 1

ބޭނުންވާ އަދަދު:   01

ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގރ 1

މަސައްކަތް ކުރަންޖެހޭ ތަން:  ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު

ސެކްޝަން: -

މުސާރައާއި އިނާޔަތްތައް:

 

-          އަސާސީ މުސާރަ:  -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

-          ސާރވިސް އެލަވަންސް:  -/1000 (އެންހާސް ރުފިޔާ)

-          ލިވިންގ އެލަވަންސް:  -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

-          ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %20

-          މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

 

އަސާސީ ޝަރުތު:

 

ލިޔަންކިޔަން ދަތުން

 

(ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯ ބެލުމަށް ވަޒީފާ ހަމަޖައްސާ ކޯޓަކުން ނުވަތަ އިދާރާއަކުން ޓެސްޓެއް ދީގެންނެވެ.)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

-          ޑިއުޓީގަޑީގައި ކޯޓާއި، ކޯޓު ހިމެނޭ ސަރަޙައްދު ބެލެހެއްޓުން

-          މާލެއިންނާއި އަތޮޅުގެ އެހެން ކޯޓުތަކުން މިކޯޓަށް ފޮނުވާ ތަކެތި ކޯޓަށް ގެނައުމާއި އަދި މިކޯޓުން އެހެން ތަންތަނަށް ފޮނުވާ ތަކެތި ގެންދިއުން

-          އަދި މިނޫނަސް ކޯޓުން އަންގާ ރަސްމީ އެންމެހޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް
  6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި:

06 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 11:00 ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

-          މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820061

-          އެޕްލިކޭޝަން ފޯމްތައް ފެކްސް އިން ނުވަތަ މެއިލް އިން ވެސް ބަލައި ގަންނާނެއެވެ.

-          ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-          ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ.

-          ތައްގަނޑުޖަހާފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަށް ވާނެއެވެ.

 

     

 

24 ޑިސެންބަރު 2019