ވަޒީފާގެ ފުރުޞަތު
ނަންބަރު: S2C-A/2019/20
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 31 ޑިސެންބަރު 2019 14:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެގެން ކުރެވޭ އިއުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު: 20/S2C-A/2019

ތާރީޚް: 24 ޑިސެމްބަރ 2019

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 

ރޭންކް:

  ޖީ.އެސް 3

ސެކްޝަން:

ޝަރްޢީ އިދާރީ

އަސާސީ މުސާރަ:

  -/ 4465ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަން:

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސްތަކާއި ޢިނާޔަތްތައް:

 

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

އަސާސީ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ ނުވަތަ އެއާއެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން " ސީ" ލިބިފައިވުން ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

 

  1. ދައުލަތުގެ މާލިއްޔަތު ގަޥާއިދުގައިވާގޮތުގެ މަތިން ކޯޓަށް ލިބޭ ފައިސާ ބަލައިގުމާއި، ޑިޕޮސިޓް ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމާއި، ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމުގެ އެންމެހާ މަސައްކަތް ކުރުމާއި، ކަމާގުޅޭ އެންމެހާ ފޮތްތައްލިޔެ ބެލެހެއްޓުން.
  2. ބަޖެޓް ފައިސާ އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުމާއި، ރިޕޯރޓްތައް ކަނޑައެޅިފައި އޮންނަ ތާރީހަށް ވެރިކަންކުރާ ކޯޓަށް ފޮނުވުން.
  3. ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުރަންޖެހޭ މަރާމާތު މަސައްކަތް ކުރުވުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  4. ޝަރީއަތުގެ މަޖިލިސް ހިގަމުންދާއިރު ކޯޓް ރޫމް ބެލެހެއްޓުމާއި، ކަމާގުޅޭ އެންމެހާ މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި ކުރުން
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުމާއި ތަފާސްހިސާބް މަސައްކަތް ކުރުން
  6. ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްކުރުން.
  7. ކޯޓަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި، ކޯޓުން ޙިދުމަތްހޯދަން އަންނަ ފަރާތްތަކާއި، ހިނިތުންވުމާއެކު މުޢާމަލާތްކުރުމާއި، ބޭނުންވާ ރަސްމީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޯޓަށް ލިބޭ ސިޓީއާއި ފޯމްފަދަ ތަކެތި ބަލައިގަތުމާއި، އެފަދަ ލިޔުންތަކުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޗެކްކުރުމާއި، ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބަލައި ޗެކްކުރުމަށްފަހު އެތަކެތި އޮންނަ އުސޫލުގެމަތިން ކޯޓަށް ބަލައިގަތުން.
  9. މިނޫނަސް އިދާރީގޮތުން ހަވާލުކުރެވޭ އެހެން މަސައްކަތްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ތަކެތި:

  • ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  • އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކުލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭލިޔުމުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

  • 31 ޑިސެމްބަރ 2019ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ:   6893444
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތު ތަޖްރިބާ: 10 %
  • އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް) : %50
  • މަސައްކަތަށް ބޭނުންވާ ހުނަރު: 10 %

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
  • އުމުރުން 55 އަހަރު ވެފައިވާ ފަރާތަކަށް އިސްކަމެއް ނުދެވޭނެއެވެ.
24 ޑިސެންބަރު 2019