ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301-PJ/301/2019/50
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 05 ޖަނަވަރީ 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

އިޢުލާން

 

ޕްރީސްކޫލް ޓީޗަރުން  ހޯދުމަށް:

 

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 02 

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (31 ޑިސެމްބަރ 2020 ގެ ނިޔަލަށް)

ވަޒީފާ އޮތް އޮފީސް: ރ. އަނގޮޅިތީމް ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   އަނގޮޅިތީމް ކައުންސިލް /      ޕްރީސްކޫލް           

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބޭބީ ނަރސަރީ އަދި ނާރސަރީ ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމް

މަޤާމުގެ ޝަރުޠު

މުސާރަ

ޕްރީ ސްކޫލް ޓީޗަރ

މަޤާމުގެ  މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަހަކު -/3000ރ

މަޤާމުގެ  ޝަރުޠާއި، މުސާރަ:

-

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް 

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ،          2020 ޖެނުއަރީ 06 ކާއި 14 އާއި ދެމެދު ، ރ. އަނގޮޅިތީމް ކައުންސިލް އިދާރާގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން  ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތީން ޕޮއންޓް ލިބޭ 05 ފަރާތަކާއި އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ރާއްޖޭން ބޭރުގެ ނުވަތަ އެފިލިއޭޓެޑް ޕްރޮގްރާމެއް ނަމަ އެކްރެޑިޓް ކޮއްފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ)

ނ- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރަގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ކައުންސިލް އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 05 ޖެނުއަރީ 2020  ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

ނޯޓު: 

މި އިޢުލާނުގައިވާ ޝަރުޠުހަމަވާމީހަކު ނުލިބިއްޖެނަމަ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކައުންސިލްގެ 6580071 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

24 ޑިސެންބަރު 2019