މަސައްކަތް
ނަންބަރު: (IUL)388-PRO/388/2019/87
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 30 ޑިސެންބަރު 2019 11:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ މަރުކަރު ޢިމާރާތްކުރުމާއިގުޅޭ

ވަންދޫ މަސްވެރިންގެ ހިއްވަރު ހުރި ސަރަހައްދުގައި އިޖުތިމާޢީ މަރުކަޒެއް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނޭ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު (IUL)388-PRO/388/2019/85 (22 ޑިސެމްބަރ 2109) އިއުލާނާއި ގުޅިގެން މައުލޫމާތުދިނުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިތައް ފަސްކުރެވިފައިވާ ކަމުގައި މައުލޫމާތައްޓަކައި ދެންނެވީމެވެ.

  1. ވަންދޫ މަސްވެރިންގެ ހިއްވަރު ހުރި ސަރަހައްދުގައި އިޖުތިމާޢީ މަރުކަޒު ޢިމާރާތްކުރުން: 26 ޑިސެމްބަރ 2019، 11:00 އަންދާސީ ހިސާބު ހުށަހެޅުން 30 ޑިސެމްބަރ 2019 11:00

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.

                    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ޑިސެންބަރު 2019