ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/2014/05
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 14:34
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކާބޯތަކެތި އިޝްތިހާރުކުރުން

މިހާރަކަށް އައިސް މި އޮތޯރިޓީގެ ހުއްދަނެތި ގިނަ އަދަދެއްގެ ކާބޯތަކެތި އިޝްތިހާރު ކުރަމުންދާކަމަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތަށްކުރާ އިޝްތިހާރުތަކުގެ ތެރޭގައި ތަފާތު ބަލިބަލިން ރައްކާތެރިވާނެ ކަމަށާއި ޞިއްޙަތަށް ޚާއްޞަ ފައިދާތަކެއް ކުރާނެކަމަށް ބުނެ ސާބިތުނުހިފޭ ކްލެއިމްސްތައް ދަނީ ކުރަމުންނެވެ. މިފަދަ މަޢުލޫމާތުތަކަކީ އާއްމުންނަށް އޮޅުުން އަރާފަދަ މަޢުލޫމާތުތަކެއް ކަމުން މިކަމުން ޢާއްމުންގެ ޞިއްޙަތަށް ނުރައްކަލެއް ދިމާވެދާނެ ކަމަކަށް ފެންނާތީ، ފާސްނުކޮށް އިޝްތިހާރު ނުކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިޝްތިހާރު އެއްވެސްގޮތަކަށް އިޝްތިހާރެއްގެ ގޮތުގައި ބޭނުންކުރައްވާނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ. އަދި ހުއްދަ ނުނަންގަވައި އިޝްތިހާރުކުރެއްވުމަކީ މަނާކަމެއްކަންވެސް ހަނދުމަފުޅުކޮށް އަރުވަމެވެ.

19  ޖުމާދަލްއޫލާ   1435

20 މާރިޗު 2014