ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2019/112
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 25 މާރިޗު 2020 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކެމިކަލް ގުދަން ހެދުމުގެ މިންގަނޑުގައި ހިމެނޭ ކަންކަން

ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު 2019) އަށް 1 ވަނަ އިޞްލާޙުގެނައުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ޖަދުވަލު 3 (ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަން ޖެހޭގޮތް) ގެ ތެރެއިން،  ގުދަންހެދުމުގެ މިންގަނޑުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކުރުމަށް ދެވޭ މުއްދަތު އިތުރުކުރުން.

 

ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު 2019) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ޖަދުވަލު 3 (ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަން ޖެހޭގޮތް) ގެ ތެރެއިން، ގުދަންހެދުމުގެ މިންގަނޑުގެ  އަންނަނިވި 3 ނުކުތާގައިވާ ކަންކަން ގުދަނުގައި ފުރިހަމަ ކުރުމަށް، 24 ޑިސެމްބަރ 2019 އިން ފެށިގެން 3 (ތިނެއް) މަސްދުވަހަށް (24 މާރިޗް 2020 ގެ ނިޔަލަށް) މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

ޖަދުވަލު 3 (ކެމިކަލް ރައްކާކުރާ ގުދަން ހަދާފައި ހުންނަން ޖެހޭގޮތް) ނުކުތާ ނަންބަރު؛

 

7. ކެމިކަލް ރައްކާކުރާ ގުދަނުގެ އެތެރޭގައި ޕާޓިޝަންޖަހާނަމަ އެފަދަ ޕާޓިޝަންތަކާއި ގުދަނުގެ ބޭރު ފާރުތަކާއި ޕާޓިޝަންތައް ހަދާފައި ހުންނަންވާނީ މަދުވެގެން 90 (ނުވަދިހަ) މިނިޓުގެ ފަޔަރ ރެސިސްޓެންޓް މެޓީރިއަލަކުންނެވެ.

8. ކެމިކަލް ރައްކާކުރެވޭ ގުދަނުގެ ދޮރުތަކަކީ 90 (ނުވަދިހަ) މިނިޓުގެ ފަޔަރ ރެސިސްޓަންޓް ދޮރުތަކެއް ކަމުގައި ވާންވާނެއެވެ.

14. ކެމިކަލް ރައްކާކުރާ ގުދަން ތަކުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތީން އެކްޓިވް އަދި ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ޤާއިމް ކުރަންވާނެއެވެ.

 އިޙްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1441

23 ޑިސެމްބަރ 2019

23 ޑިސެންބަރު 2019