ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)326-HR/326/2019/68
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 31 ޑިސެންބަރު 2019 12:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން

މަޤާމް :ޑްރައިވަރު،މަސައްކަތު
ބޭނުންވާ އަދަދު :2

 (IUL)326-HR/326/2019/68 ނަންބަރ                                                     

އިޢުލާން

 

ހިންނަވަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން.

މި އިދާރާގެ 64،45 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެކަށީގެންވާ ފެންވަރުގެ މީހުން ކުރިމަތިލާފައި ނުވާތީ އެ 2 އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

މަޤާމް:

ޑްރައިވަރު

ބޭނުންވާ އަދަދު:   02 (ދޭއް)

މުސާރަ:            

މަހަކު -/5500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:   02 (ދޭއް)

މުސާރަ:            

މަހަކު -/5000ރ (ފަސްހާސް ރުފިޔާ)

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (06 މަސްދުވަސް)

 

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ މަހަކު -/500ރ (ފަސްސަތޭކަ ރުފިޔާ) އަށްވުރެ އިތުރުނުވާ ގޮތެއްގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު

 

 

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަން ކިޔަން އެނގުން. (ލިޔަން ކިޔަން ދެނެގަތުމަށް ދަށްވެގެން ސްކޫލްގެ ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ އެފެންވަރު ހުރިކަން އެނގޭނެ ރަސްމީ އިދާރާއެއްގެ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކަށް ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެއެވެ. އެފަދަ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ ފެންވަރު ދެނެގަތުމަށް ޓެސްޓްއެއް ދީ އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު ހީވާގި މީހެއްކަމުގައިވުން.

3- ރަށުޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުން. (ޑްރައިވަރު ގެ މަޤާމަށް ކުރިމަތިލާނަމަ)

4- އުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ ދިވެއްސެއްކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް.

1. ރަށުގެ ގޭބިސީތަކާ ސަރުކާރުގެ އިދާރާތަކުންނާއި ފިހާރަ ރެސްޓޯރަންޓް ތަކުން ކުނިނަގައި ޕިކަޕްގައި ކުނިކޮށްޓަށް ގެންދިއުމާއި ކުނިއަޅަން ހަމަޖައްސާފައިވާ ގޮތެއްގެމަތިން ހަމަޖައްސާފައިވާ ކުނިއެޅުން.

2. ގޭބިސީތަކާ އެހެނިހެން ތަންތަނުން ނަގާ ޑަސްބިން ޕިކަޕަށް ހުސްކުރުމަށްފަހު އަނބުރާ ޑަސްބިން ޙަވާލުކުރުން.

3. ކުނި އުކުމުގެ މަސައްކަތުގައި ބޭނުންކުރާ ޕިކަޕް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

4. ޕިކަޕް ޗާޖްކުރުމާ ޕިކަޕަށް ގެއްލުން ނުވާނެ ގޮތެއްގެމަތިން ޕިކަޕް ބެލެހެއްޓުން.

5. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން ޕިކަޕް ބާއްވަން ކަނޑައަޅާފައި އޮންނަ ތަނަށް ގެންދިއުން.

6. ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި އިދާރާއިން އަންގާގޮތެއްގެމަތިން އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތެއް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ހިންނަވަރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

5- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

6- ރަށުޕިކަޕް ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

7- އެއްވެސް ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

ކުނި އުކުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް

ރަށު ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކަށް.

ގްރޭޑް 5 ގެ ފެންވަރުހުރިކަން އެނގޭކަމަށް ރަސްމީއިދާރާއަކުން ދީފައިވާ ލިއުން ހުށަހަޅާފައިވާ ފަރާތްތަކަށް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) އަދި ފެކްސް 6620301 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ޖެނުއަރީ 1 އާ 06 އާއި ދެމެދު ހިންނަވަރު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ އިތުރުވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް ކުރާނީ [email protected] އަށެވެ.

ނޯޓް: މި މަސައްކަތަށް ނެގޭ ފަރާތްތަކުގެ ތެރެއިން 3 މަސްދުވަހުގެ ޕްރޮބޭޝަންއަށްފަހު މަސައްކަތަށާއި ޙާޟިރީއަށް ފަރުވާތެރި ފަރާތްތަކަށް 3 މަސްދުވަހަށް މުއްދަތު އިތުރުކުރެވޭނެއެވެ.

 

22 ޑިސެމްބަރ 2019

22 ޑިސެންބަރު 2019