ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ތ.އޮމަދޫ އަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ |
|
ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން. |
|
ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން. |
|
ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން. |
|
ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ޙަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން. |
|
ސްޓޭމްޕް ވިއްކުން |
|
ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން. |
|
|
|
އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުތުތައް. |
|
ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން. |
|
ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން. |
|
ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ. |
|
|
|
އުޖޫރަ. |
|
މަހަކު -/ 300 (ތިންސަތޭކަ ރުފިޔާ) އޭޖެންސީ އުޖޫރަ އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ |
|
|
|
ހުށަހަޅަންޖޭހޭ ތަކެތި. |
|
ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން. |
|
ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ. |
|
ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ |
|
|
|
މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 31 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގ ގެ 4 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މިކުންފުނީގެ ފެކްސް ނަމްބަރ 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] ނުވަތަ [email protected] އަށެވެ. |
|
|
|
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7772916 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ. |
|