މަސައްކަތް
ނަންބަރު: (IUL)101-AF/1/2019/392
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 05 ޖަނަވަރީ 2020 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް –އައްޑޫ ސީ.އެފް.ސީގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަބާ ޕްރޮޖެކްޓް –އައްޑޫ ސީ.އެފް.ސީގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ ސަބާ ޕްރެޖެކްޓް (SABAH Project) ގެ އައްޑޫ ސީ.އެފް.ސީގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރިންކުރި ނަންބަރ (IUL)101-AF/1/2019/381 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ތަރުހީބު ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އާންމުކޮށް އިޢުލާނު ކުރަމެވެ.

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) "ގެ އައްޑޫ، ހިތަދޫގައި ހުންނަ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ (ސީ.އެފް.ސީ)ގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 29 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް، މާލޭގައި ނަމަ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި އައްޑޫގައި ނަމަ އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ އަށް ވަޑައިގެންނެވުން އެދެމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  5 ޖަނަވަރީ 2020ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާލޭގައި ނަމަ، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމްގައެވެ. އަދި އައްޑޫގައި ނަމަ، އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ގައެވެ. އަދި 10:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

23 ޑިސެންބަރު 2019