ތަމްރީނު
ނަންބަރު: (IUL)410-A/410/2019/27
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 30 ޑިސެންބަރު 2019 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްވާންސް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ކޯހާބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޕޮލިޓެކްނިކާއި ގުޅިގެން މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެޑްވާންސް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް"ގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ.

  • ބައިވެރިވުމުގެ ޝަރުތު: ލޯވަރ ސެކަންޑަރީ އެޑިއުކޭޝަން ފުރިހަމަކޮށްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 3 ހާސިލްކޮށްފައިވުން
  • މުއްދަތު: 12-18 މަސްދުވަސް
  • ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: ޖެނުއަރީ/ފެބްރުއަރީ 2020

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިއިދާރާގައި ނަން ނޯޓް ކުރެއްވުމަށް ދަންނަވެމެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަތޮޅުގެ ރަށްރަށުގެ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މިކަމާބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާއަށް ގުޅުއްވާނީ 6820706 އަށެވެ.

23 ޑިސެންބަރު 2019