ދިވެހިރާއްޖެ
`
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު، ދިވެހިރާއްޖެ
ނަންބަރު: IUL)GS34/2019/35)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ ނަންބަރު IUL)GS34/2019/34) ޑިސެމްބަރ15, 2019 ގެ އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމަށްވެފައި އެފަރާތުގެ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް
މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން |
2019 ޑިސެމްބަރ 23 އިން 2019 ޑިސެމްބަރ 26 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. |
މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން. |
2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން |
2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ށ.އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު
ފޯން: .6540059
އީ-މެއިލް: [email protected]
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
25 ރަބީޢުލްއާޚިރު 1441
22 ޑިސެމްބަރ 2019